އިންޑިއާއިން އަންހެނުންގެ ޓީ20 ވޯލްޑް ކަޕް ބޭއްވުމަށް އިންކާރުކޮށްފި

އިންޑިއާ ކްރިކެޓް ބޯޑު (ބީސީސީއައި) ގެ ސެކްރެޓަރީ ޖޭ ޝާހް

ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ޓީ20 ވޯލްޑް ކަޕް އެހެން ޤައުމަކަށް ބަދަލުކުރަން ޖެހިއްޖެ ނަމަ، އިންޑިއާއިން އެ މުބާރާތް ބޭއްވުމަށް އިންކާރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިންޑިއާ ކްރިކެޓް ބޯޑު (ބީސީސީއައި) ގެ ސެކްރެޓަރީ ޖޭ ޝާހެވެ.

ބަންގްލަދޭޝްގައި ފާއިތުވި ހަފްތާތަކުގައި ހިނގި އަނިޔާވެރި މުޒާހަރާތަކާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާދީ އިންޑިއާއަށް ފިލާފައިވާތީ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ވަނީ ބަންގްލަދޭޝްގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ. އަންހެނުންގެ ޓީ20 ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 3 އިން 20 އަށް ބަންގްލަދޭޝްގައެވެ.

ޖޭ ޝާހް ބުނި ގޮތުގައި އައިސީސީ އިން ވަނީ އިންޑިއާގައި މުބާރާތް ބޭއްވުމުގެ އިމްކާނިއްޔަތާ މެދު ސުވާލުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް "ސީދާ އިންކާރުކޮށްފައި" ކަމަށް ބުނެފައެވެ. "އަޅުގަނޑުމެން އަދިވެސް ތިބޭނީ މޫސުމީ ވިއްސާރައިގެ ތެރޭގައި. އަދި ދެން އަންނަ އަހަރު އަޅުގަނޑުމެން އަންހެނުންގެ އޯޑީއައި ވޯލްޑް ކަޕް ބާއްވަން ޖެހޭ،" ޝާހް ޓައިމްސް އޮފް އިންޑިއާއަށް ބުނެފައިވެއެވެ.

ބަންގްލަދޭޝްގައި ދަރިވަރުން އިސްނަގައިގެން ފެށި މުޒާހަރާތަކުގައި 400 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މި މުޒާހަރާތައް ފެށުނީ ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ ކަނޑައެޅުމާ ދެކޮޅަށެވެ.

އަންހެނުންގެ ޓީ20 ވޯލްޑް ކަޕްގައި 10 ޓީމު ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ސްކޮޓްލޭންޑް ހިމެނެއެވެ. މުބާރާތް އެހެން ތަނަކަށް ބަދަލުކުރަން ޖެހިއްޖެ ނަމަ، ސްރީލަންކާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ އެކަށީގެންވާ ދެގައުމު ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy