މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް
މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް، އެ ކުލަބާއެކު ވެފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، އިތުރު އަހަރެއްގެ މުއްދަތަށް އެއްބަސްވުން އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށްވެސް ކުލަބުން ހާމަކޮށްފައިވެއެވެ.
29 އަހަރުގެ ފެނާންޑޭސް، ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަންއިން ޔުނައިޓެޑަށް ބަދަލުވިއެވެ. މިހާތަނަށް އޭނާ ވަނީ ޔުނައިޓެޑަށް ކުޅެދިން 234 މެޗުގައި 79 ލަނޑު ޖަހައި، އިތުރު 67 ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.
ޔުނައިޓެޑްގެ އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނެރުނު ބަޔާނެއްގައި ފެނާންޑޭސް ބުނެފައިވަނީ، ޔުނައިޓެޑާމެދު އޭނާގެ ހިތުގައި އޮތް ލޯބި އެންމެންނަށް އެނގޭނެ ކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ، "މި ޖާޒީ ލުމުގެ ޒިންމާއާއި މުހިންމުކަން އަހަރެންނަށް އެނގޭ. އަދި މި ފާހަގަކޮށްލެވޭ މޮޅު ކުލަބު ތަމްސީލުކުރުމަށް ބޭނުންވާ ހިތްވަރާއި ފޯރިވެސް އެނގޭ" ކަމަށެވެ.
ފެނާންޑޭސް އިތުރަށް ހާމަކުރި ގޮތުގައި، ޔުނައިޓެޑްގެ ޖާޒީގައި އޭނާގެ އެންމެ މޮޅު ކުޅުމާއެކު އުފާވެރި ދުވަސްތަކެއް ކުރިއަށް އޮތްކަމަށް ޤަބޫލުނުކުރާނަމަ، މި އައު އެއްބަސްވުމުގައި ސޮއިނުކުރާނެ ކަމަށެވެ.
އެންމެ ފަހުން ބޭއްވުނު އެމިރޭޓްސް އެފްއޭ ކަޕްގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް، އައު ސީޒަނުގެ ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް