-
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މަރްޔާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗި މިދޯރީ ވަނީ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޖަޕާނުގެ ހިލޭ އެހީގެ ދަށުން ހިންގާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ދަށުން، ދިވެހިރާއްޖޭގެ 24 ސިވިލް ސަރވަންޓުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި މާސްޓަރސް ޕްރޮގްރާމްތައް ފުރިހަމަކުރަންޖެހޭނީ އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގައެވެ. މި ޕްރޮގްރާމްތަކުގެ ޚަރަދުތައް ހަމަޖައްސައިދޭނީ ޖަޕާނު ސަރުކާރުންނެވެ. މި އެއްބަސްވުމުގެ ދަށުން، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 24 ސްކޮލަރޝިޕް ލިބެން ހުރިއިރު، 22 ދަރިވަރުން ވަނީ މަތީ ތަޢުލީމު ހާސިލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ އިސް އޮފިޝަލުންނާއި މުވައްޒަފުންގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާ ފާތިމަތު ޝަރީފް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، އަދި ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް