ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު މަޤާމުން ވަކިކޮށްފި

އާދމް ރަމީޒް / ފޮޓޯ:ރައީސް އޮފީސް

ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އާދަމް ރަމީޒު އެ މަޤާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން މިކަން ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް، ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވަނީ ރަމީޒު މަޤާމުން ވަކިކުރައްވާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ރައީސް އޮފީހުގެ މިނިސްޓަރުންގެ ލިސްޓުން ރަމީޒުގެ ނަން އުނިކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ އޭނާ މަޤާމުން ވަކިކޮށްފައިވާކަމުގެ އިތުރު ހެއްކެކެވެ.

ރަމީޒު މަޤާމުން ވަކިކުރެއްވުމުގެ ކުރިން، މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޭނާއާ މެދު ކުރެވުނު ތުހުމަތަކާ ގުޅިގެން ވަނީ ސަސްޕެންޑް ކުރައްވާފައެވެ. މި ތުހުމަތަކީ އޭނާގެ ކުރީގެ އަނބިކަނބަލުން، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސިހުރު ހެދިކަމުގެ މައްސަލައާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވެއެވެ.

އެ މައްސަލައިގައި ފާތިމަތު ޝަމްނާޒް ހައްޔަރުކުރެވުނު ނަމަވެސް، އޭނާގެ މައްޗަށް ދަޢުވާ ކުރެވޭވަރަށް ހެކި ލިބިފައިނުވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދަޢުވާ ނުކުރަން ނިންމާފައެވެ.

މި ހާދިސާއާ ގުޅިގެން ރަމީޒު މަޤާމުން ވަކިކުރެއްވި ނަމަވެސް، އޭނާގެ މައްޗަށް އެއްވެސް ދަޢުވާއެއް އުފުލާފައި ނުވާކަން ފާހަގަކުރެވެއެވެ. ރައީސް އޮފީހުން މިހާތަނަށް މި މައްސަލައާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy