އޮސްޓްރޭލިއާގެ ޑިފެންޑަރ ހަންޓް ޓޮޓެންހަމަށް ސޮއިކުރަނީ

އޮސްޓްރޭލިއާގެ ޤައުމީ ޓީމުގެ ޑިފެންޑަރ ކްލެއަރ ހަންޓް

ޓޮޓެންހަމް ހޮޓްސްޕަރ އިން އޮސްޓްރޭލިއާގެ ޤައުމީ ޓީމުގެ ޑިފެންޑަރ ކްލެއަރ ހަންޓް ސޮއި ކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ޕެރިސް ސެއިންޓް-ޖަރމޭންގައި ކުޅެމުންދާ 25 އަހަރުގެ މި ކުޅުންތެރިޔާގެ އެއްބަސްވުން 2026 އާ ހަމައަށް ދެމިގެންދާތީ، ޓޮޓެންހަމމަށް އޭނާ ސޮއެ ކުރުމަށް ފީއެއް ދައްކަން ޖެހޭނެއެވެ.

އޮސްޓްރޭލިއާގެ ޤައުމީ ޓީމަށް 20 މެޗު ކުޅެފައިވާ މި ސެންޓަރ ބެކް އަކީ ވަނީ ޕީއެސްޖީގައި އޭނާގެ ފުރަތަމަ ސީޒަންގައި 13 މެޗު ކުޅެފައެވެ. އޭގެ ފަހުން ޖުލައި މަހު އޭނާ ބައިވެރިވީ އޮސްޓްރޭލިއާގެ އޮލިމްޕިކް ސްކޮޑުގައެވެ. އޮލިމްޕިކްސްގައި އޮސްޓްރޭލިއާ ގްރޫޕް ސްޓޭޖުން ބޭރުވި އިރު، ހަންޓް ވަނީ ކުޅުނު 3 މެޗުގައިވެސް ބައިވެރިވެފައެވެ.

މީގެ އިތުރުން، ޗެކް ރިޕަބްލިކްގެ ގޯލްކީޕަރ ބާބޮރާ ވޯޓިކޯވާ ވަނީ ޓޮޓެންހަމް ދޫކޮށް ސްލާވިއާ ޕްރާގްއާ ގުޅިފައެވެ. 27 އަހަރުގެ މި ކުޅުންތެރިޔާ ޓޮޓެންހަމްއާ ގުޅުނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު، ޕީއެސްޖީއާއެކު އޮތް އެއްބަސްވުން ނިމުމަކަށް އައުމަށްފަހުއެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ އެކި މުބާރާތްތަކުގައި ޖުމްލަ 11 މެޗު ކުޅެފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy