ގޭންގު މީހުން މަޤާމުތަކުން ވަކިކޮށް، ސިޔާސީ މަޤާމުތަކަށް ކުރިމަތި ނުލެވޭ ގޮތް ހަދަނީ

މި ބިލަކީ ގޭންގު ކުށްތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކޮށްދޭނެ މުހިންމު ޤާނޫނީ ވަސީލަތެއް ކަމުގައި ބެލެވެއެވެ.

ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭ ބިލެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ޑްރާފްޓްކޮށް، ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވެއެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ގޭންގު ޙަރަކާތްތަކާ ގުޅުންހުރި ފަރާތްތަކަށް ހަރުކަށި އަދަބު ކަނޑައެޅުމެވެ.

ހުށަހެޅިފައިވާ ބިލުގައި، ޤާނޫނުގެ ދަށުން އުފައްދާ ކޮމިޓީއަކުން ގޭންގު މެންބަރެއްކަމަށް ކަނޑައަޅާ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމަށް ހުށަހަޅާފައިވެއެވެ:

1. ދައުލަތުގެ ވަޒީފާއެއްގައި ދެމިހުރިނަމަ، އެ ވަޒީފާއިން ވަކިކުރުން.
2. ދައުލަތުގެ އެއްވެސް ވަޒީފާއެއް ނުދިނުން.
3. އިންތިޚާބީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ނުދިނުން.

މީގެއިތުރުން، ގޭންގެއްގެ މަޢުލޫމާތު ނުވަތަ ނިޝާން ހާމަކުރުމުގެ ކުށަށް 500,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމަށް ހުށަހަޅާފައިވެއެވެ. ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމა، އެ ފަރާތެއްގެ ނަމުގައިވާ އެންމެހައި ބޭންކް އެކައުންޓްތައް 5 އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށްވެސް ހުށަހަޅާފައިވެއެވެ. އަދި މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށްވެސް ހުށަހަޅާފައިވެއެވެ.

ގޭންގު ލީޑަރުންނާއި، މެންބަރުންނަކީ ކޮބައިކަން ކަނޑައަޅާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅުން:

- ފުލުހުންގެ ޚިދުމަތަށް ޒިންމާވާ ވަޒީރު
- ކޮމިޝަނަރ އޮފް ޕޮލިސް
- ޗީފް އޮފް ޑިފެންސް ފޯސް
- ފުލުހުންގެ އިންޓެލިޖެންސްގެ ކަންކަން ދުވަހީ ގޮތެއްގައި ބަލަހައްޓާ އިސް ވެރިޔާ
- ސިފައިންގެ އިންޓެލިޖެންސްގެ ކަންކަން ދުވަހީ ގޮތެއްގައި ބަލަހައްޓާ އިސް ވެރިޔާ

މީގެ އިތުރުން، ޤާނޫނީ ޝަޚްޞެއް މިފަދަ ކުށެއްގައި ބައިވެރިވާނަމަ، ޖޫރިމަނާގެ އަދަދު ފަސް މިލިއަނުން ދިހަ މިލިއަނަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. ޖޫރިމަނާ ނުދައްކައިފިނަމަ، ފަސް އަހަރުގެ މުއްދަތަށް ބޭންކު އެކައުންޓުތައް ހިފެހެއްޓުމުގެ އަދަބު ކަނޑައެޅިފައިވެއެވެ. އަދި ކުށް ތަކުރާރުކޮށްފިނަމަ، އެ ފަރާތެއްގެ މުޅި މިލްކިއްޔާތު ދައުލަތަށް ނެގުމުގެ ބާރު ލިބިގެންވެއެވެ.

މި ބިލުގެ ޑްރާފްޓުގައި، ގޭންގު ޙަރަކާތެއް ހިންގުމަށް އުޅަނދެއް ބޭނުންކޮށްފިނަމަ، ކޯޓު އަމުރަކާ ނުލައި 90 ދުވަހުގެ މުއްދަތަށް އެ އުޅަނދު ހިފެހެއްޓުމުގެ ބާރު ލިބިދެއެވެ. އަދި ގޭންގަކާ ގުޅުންހުރި ފަރާތަކުން ކުށެއް ކޮށްފާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ ފަރާތްތައް ހައްޔަރުކުރުމާއި، ބަލައި ފާސްކުރުމާއި، އަދި ފޮޓޯނެގުމުގެ ބާރުވެސް ލިބިގެންވެއެވެ.

މީގެއިތުރުން، ހައްޔަރުކުރެވޭ ފަރާތްތައް ބަންދުގައި ބެހެއްޓިފައިވާ އަމިއްލަ ތަނެއްގައި ކުށަކާ ގުޅޭ ހެކި ހުރިކަމަށް ޤަބޫލުކުރެވޭނަމަ، އެތަނެއް ބަލައި ފާސްކުރުމުގެ ބާރުވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ސަރުކާރުން ދަނީ ގޭންގު ކުށްތައް ހުއްޓުވައި، މުޖުތަމަޢަކީ އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން، ގޭންގު ކުށްތައް ހުއްޓުވުމަށް ޚާއްޞަ ޑިޕާޓްމަންޓެއް އުފެއްދުމާއެކު، ފުލުހުންގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް މިއަހަރު ވަނީ ގެނެސްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy