އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ތަޙްނިޔާ ފޮނުއްވައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވަނީ / ފޮޓޯ:ރައީސް އޮފީސް

އިންޑިއާގެ 78 ވަނަ މިނިވަން ދުވަހާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމު އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ތަޙްނިޔާ ދަންނަވައިފިއެވެ.

ރައީސް މުޢިއްޒު އިންޑިއާގެ މިނިވަން ދުވަހުގެ ތަޙްނިޔާ ވިދާޅުވެފައިވަނީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވަނީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ތާރީޚުގައި އަސްލު އޮތް ގުޅުމެއް ކަމަށާއި، މި ގުޅުން ވަނީ ރާއްޖެއާއި މުޅި ސަރަޙައްދުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިކޮށްދޭ ގުޅުމަކަށް ވެފައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް މި ބަދަހި ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމަށް ވެސް ފައިދާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވަނީ ރާއްޖެއަށް ތިން ދުވަހުގެ ރަސްމީ ދަތުރެއް ވެސް ކުރައްވާފަ އެވެ. އެ ދަތުރުގައި ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރަން  ކުރަންހުރި ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy