މެޑްރިޑް އާއި އެޓްލާންޓާ ބައްދަލު ކުރި މެޗުގެ ތެރެއިން
ޔުއެފާ ސުޕަރ ކަޕުގައި ރެއާލް މެޑްރިޑް އާއި އެޓްލަންޓްއާއި ބައްދަލު ކުރި މެޗު 0-2 ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް އިން ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވިއިރު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ.
ދެވަނަ ހާފު ފަށައިގެން ރެއާލް މެޑްރިޑް އިން ކުރިއަށް ޖައްސާލައި ގޯލެއް ޖެހުމަށް އިތުރު މަސައްކަތްތަކެއް ފެށިއެވެ. 59 ވަނަ މިނެޓުގައި ވަލްވާޑޭ ޖެހި ގޯލާއިއެކު ރެއާލް މެޑްރިޑް އިން މެޗުގައި ކުރި ހޯދިއެވެ. ގޯލަށް ފަހުގައިވެސް ރެއާލް މެޑްރިޑްގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. އެގޮތުން ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ބެލިންގްހަމް ދިން ޕާހަކުން އެމްބާޕޭ އެވެ. މިއީ އެމްބާޕޭ ރެއާލް މެޑްރިޑްއާއި އެއްކޮށް ކުޅުނު ފުރަތަމަ މެޗެވެ.
ޔުއެފާ ސުޕަރ ކަޕަކީ ޗެމްޕިއަންސް ލީގު އަދި ޔޫރަޕާ ކަޕް ކާމިޔާބު
ކުރާ ދެޓީމުގެ މެދުގައި ކުޅެވޭ ފައިނަލް މެޗެކެވެ. މި މެޗު މޮޅު ކުޅުންތެރިއަަކަށް ހޮވިފައިވަނީ ރެއާލް މެޑްރިޑްގެ ޖ.5 ޖޫޑް ބެލިންގްހަމްއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް