ވިއްސާރައިގަ ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މާދަމާ ފަށަނީ

މި ހަފްތާގައި ރާއްޖެއްށް ކުރި ވިއްސާރަގައި ގެއްލުން ލިބިފައިވާ ގެޔެއް

މި ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ތަފްޞީލް ދެނެގަތުމަށް ކުރެވޭ އެސެސްމަންޓުގެ މަސައްކަތް މާދަމާ ފެށޭނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މަޢުލޫމާތު ދެއްވައިފިއެވެ.

ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ވައިގަދަވުމުގެ ސަބަބުން ގޭބިސީތަކަށް ފެންވަދެ، އެކި މިންވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މިފަދަ ހާދިސާތައް މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުންވެސް ވަނީ ރިޕޯޓުކޮށްފައެވެ. މި ގެއްލުންތައް ލިބިފައިވާ ގޭބިސީތައް ދެނެގަތުމަށް ތަފްޞީލީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވަމުންދާކަމަށް އެންޑީއެމްއޭއިން ހާމަކުރައްވާފައިވެއެވެ.

މި ހަފްތާގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގައި އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ވޭތުވެދިޔަ ދެ ދުވަހު ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުންނެވެ. އެކި ރަށްރަށަށް ލިބުނު ގެއްލުންތައް އެންޑީއެމްއޭއިން ދަނީ ބަލަމުންނާއި ވަގުތީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ފެންވަދެ، ނަޖިސް ލީކުވުމުގެ ސަބަބުންނާއި ވައިގަދަވެ ހިނގި އެކި ހާދިސާތަކާ ގުޅިގެން ބައެއް ގޭބިސީތަކުން ރައްކާތެރި ތަންތަނަށް ޢާއިލާތައް ބަދަލުކުރިކަން އެންޑީއެމްއޭއާއި ކައުންސިލްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ލިބުނު ގެއްލުންތަކުގެ ތަފްޞީލު ހޯދުމަށް އެންޑީއެމްއޭއިން އެސެސްމަންޓްތައް ހަދައި، ގެއްލުމުގެ ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ވިއްސާރައާ ގުޅިގެން 250 އަށްވުރެ ގިނަ މީހުން އެހީތެރިކަމަށް އެދިފައިވާކަމަށް އެންޑީއެމްއޭއިން ކުރިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy