ރަޝިޔާގެ ކާސްކް ސަރަހައްދުގައި ތިބި ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ފޮރިން މިނިސްޓްރީ: ރަޝިޔާގައި ތިބި ކުދިންގެ ހާލަތު ކައިރިން ބަލަމުންގެންދޭ

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާގެ ކާސްކް ސަރަހައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދަށް ދަތުރު ކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާސްކްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"މި ދަނޑިވަޅުގައި، އެ ސަރަހައްދުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ރަޝިޔާއަކީ މެޑިސިން ދާއިރާއިން ކިޔަވާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތަޢުލީމު ހާސިލު ކުރަމުންދާ ޤައުމެކެވެ.

ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ހިނގާ ހަނގުރާމައާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް މީގެ ކުރިން ވެސް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ. އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމައިގައި އެއްވެސް ދިވެއްސަކަށް މިހާތަނަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކާސްކްގައި އޮތް ނުރައްކާތެރި ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ ނަންބަރު، +491712916461 އަށް ގުޅައި ނުވަތަ info@maldivesembassy.de އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު  ހަނގުރާމަ ފެށުނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި ހަނގުރާމައިގެ ސަބަބުން ދެ ޤައުމަށް ވެސް ބޮޑެތި ގެއްލުންތަކާއި އިޤްތިޞާދީ ދަތިތައް ކުރިމަތިވެފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ރަޝިޔާގެ މައްޗަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

މި ހަނގުރާމަ އާއި ގުޅިގެން ޔުކުރޭނުގައި ކިޔަވަން ތިބި ދިވެހި އެތައް ކުދިންނެތް ވެސް ވަނީ ކިޔެވުން ދޫކޮށްލުމަށްފަހު ރާއްޖެއަށް އައިސްފައެވެ. އޭގެ ތެރޭގައި ކިޔެވުން ފުރިހަމަ ކުރުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާ ބައެއް ދަރިވަރުންވެސް ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

46 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy