ޗެލްސީގެ މިޑްފީލްޑަރު ކޮނަރ ގެލަގަރ
ޗެލްސީގެ 24 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ކޮނަރ ގެލަގަރ، އެޓްލެޓިކޯ މެޑްރިޑަށް ބަދަލުވުމަށް ހަމަޖެހިފައިވާ މައްސަލަ ލަސްވުމާ ގުޅިގެން، ބުދަ ދުވަހު ޗެލްސީގެ ކޮބްހަމް ޓްރެއިނިންގ ގްރައުންޑަށް އަނބުރާ ދާނެ ކަމަށް ލަފާކުރެވެއެވެ.
ގެލަގަރ ވަނީ ހޮނިހިރު ދުވަހު އެޓްލެޓިކޯގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ފެނިފައެވެ. އަދި އޭނާ ވަނީ މެޑްރިޑުގެ ހޮޓަލެއްގައި ފަސް ދުވަސް ހޭދަކޮށްފައެވެ. ނަމަވެސް 33 މިލިއަން ޕައުންޑަށް ހަމަޖެހިފައިވާ މި ބަދަލުވުން އަދި ވަނީ ފުރިހަމަ ނުވެއެވެ.
މި ބަދަލުވުން ލަސްވެފައިވަނީ ސްޕެއިންގެ ސްޓްރައިކަރު ސަމޫ އޮމޮރޯޑިއަން 34.5 މިލިއަން ޕައުންޑަށް ޗެލްސީއަށް ގެނައުމަށް ހަމަޖެހިފައިވާ މައްސަލަ އާދިއްތަ ދުވަހު ނުނިމުމާ ގުޅިގެންނެވެ. އެޓްލެޓިކޯއިން ވަނީ ހޯމަ ދުވަހު މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރު ޖުލިއަން އަލްވަރެޒް 81.5 މިލިއަން ޕައުންޑަށް ގަނެފައެވެ. އެހެންކަމުން ގެލަގަރ ގަތުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެއެވެ.
މި ވަގުތު ގެލަގަރުގެ މައްސަލަ އަދި ކެންސަލްވެފައި ނުވި ނަމަވެސް، އެކަން ނުވެ ދިއުމުގެ ފުރުސަތު އެބައޮތެވެ. ޗެލްސީއިން ޕޯޗުގީޒް ފޯވާޑް ޖޯއާއޯ ފެލިކްސް އެޓްލެޓިކޯއިން ގަނެފިނަމަ ގެލަގަރުގެ މައްސަލަ ހައްލުވެދާނެއެވެ. ފެލިކްސް ވަނީ 2023 ވަނަ އަހަރު ޗެލްސީގައި ހަ މަސް ދުވަހު ކުޅެފައެވެ. އަދި އޭނާ އަނބުރާ ޗެލްސީއަށް ދިއުމަށް ތައްޔާރަށް ހުރި ކަމަށް ބެލެވެއެވެ. ނަމަވެސް ފެލިކްސްގެ މައްސަލަ ނުނިމިއްޖެނަމަ ގެލަގަރުބަދަލުނުވެ ހިނގައިދާނެއެވެ.
ގެލަގަރގެ ކޮންޓްރެކްޓަށް ބާކީ އޮތީ 11 މަސްދުވަސް ކަމަށްވުމާއެކު، އޭނާ ހިލޭ ދޫކޮށްލަން ނުޖެހުމަށްޓަކައި ވިއްކާލަން ޗެލްސީން ބޭނުންވެއެވެ. ނަމަވެސް އެޓްލެޓިކޯއަށް ބަދަލުވުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބެލެވެއެވެ.
ފާއިތުވި މޫސުމުގެ ބޮޑުބައެއްގައި ޗެލްސީގެ ކެޕްޓަންކަން ކުރި ގެލަގަރ ވަނީ މިދާކަށްދުވަހު ނިމުނު ޔޫރޯ 2024 ގައި އިނގިރޭސި ޓީމަށް ކުޅެ، ފައިނަލަށް ގޮސްފައެވެ. އޭނާ އެ މުބާރާތުގައި ކުޅުނީ ފަސް މެޗެވެ.
މިދިޔަ ހޮނިހިރު ދުވަހު އެޓްލެޓިކޯއިން ވަނީ ގެލަގަރ އެ ކުލަބުގެ ސްޓޭޑިއަމްގައި ހުރި ފޮޓޯއެއް ޝާއިއުކޮށް، އޭނާ އެތަނަށް ގޮސްފައިވަނީ "ބަދަލުވުން ނިންމާލުމަށް" ކަމަށް ބުނެފައެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ގެލަގަރ ލަންޑަނަށް އެނބުރި އައިސްފައިވާ ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް