އަޤްޞާ މިސްކިތަށް އިޒްރޭލުގެ ޔަހޫދީން ވަދެގަތުން ރާއްޖެއިން ކުށްވެރިކޮށްފި

މަސްޖިދުލް އަޤްޞާ

އިޒްރޭލުގެ ޔަހޫދީންތަކެއް މަސްޖިދުލްއަޤްޞާއަށް ވަދެގަތުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިއްޔެ ހިނގި މި ހާދިސާގައި، ޔަހޫދީންގެ އަޅުކަމުގެ ދުވަހެއް ފާހަގަކުރުމުގެ ގޮތުން އިޒްރޭލުގެ ދެ މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު މަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ގަދަކަމުން ވަދެގަތެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ މުސްލިމުންގެ މުގައްދަސް ތަނެއްގެ ހުރުމަތް ކެނޑުން ކަމަށެވެ. އަދި އިޒްރޭލުން މިފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގުމަކީ އެ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު އޮތްކަން އަލުން ހާމަކޮށް، އިޒްރޭލުގެ އުދުވާނީ ހަމަލާތައް ހުއްޓުވައި، އެ ސަރަހައްދަށް ހަމަޖެހުން ގެނެސްދިނުމަށް މަސައްކަތްކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.

އިޒްރޭލުގެ ޔަހޫދީން އަޤްޞާ މިސްކިތަށް ވަދެގަތީ އެ ގައުމުގެ ސިފައިންގެ ހިމާޔަތުގައި ކަމަށްވާއިރު، މުސްލިމުން އެތަނުގައި އަޅުކަންކުރުމަށް އިޒްރޭލުން ހުރަސްއަޅަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy