ރިއަލް މެޑްރިޑްގެ ކަމަވިންގާއަށް ކަކުލަށް އަނިޔާވެ، ސޫޕަރ ކަޕުން ބޭރުވެއްޖެ

ރިއަލް މެޑްރިޑްގެ ތަރި އެޑުއާޑޯ ކަމަވިންގާ

ރިއަލް މެޑްރިޑްގެ ފްރާންސް ޤައުމީ ޓީމުގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާއަށް ކަކުލަށް އަނިޔާވުމާ ގުޅިގެން، ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ސޫޕަރ ކަޕް މެޗުގައާއި މޫސުމުގެ ފުރަތަމަ ބައިގައި ބައިވެރިއެއް ނުވެވޭނެ ކަމަށް ރިއަލް މެޑްރިޑުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

21 އަހަރުގެ މި ޒުވާން މިޑްފީލްޑަރަށް އަނިޔާވީ އަންގާރަ ދުވަހު ޕޮލެންޑްގެ ވޯސޯ ނެޝަނަލް ސްޓޭޑިއަމްގައި ބޭއްވުނު ތަމްރީނެއްގައި ކަމަވިންގާގެ ބޫޓުގެ ސްޓަޑް ބިމުގައި އެޅި، ޓީމްމޭޓް އޯރެލިއަން ޗައުމެނީއާ ޖެހުމުގެ ސަބަބުންނެއެވެ.

ރިއަލް މެޑްރިޑުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޑިކަލް ސްކޭންގެ ނަތީޖާއިން ދައްކާ ގޮތުގައި ކަމަވިންގާގެ ވާތް ކަކުލުގެ ކޮލެޓަރަލް ލިގަމަންޓަށް ގެއްލުން ލިބިފައިވާކަމަށެވެ. ރިއަލުން ކަމަވިންގާ އަނބުރާ ކުޅުމަށް ނުކުންނާނެ ވަކި މުއްދަތެއް ހާމަކޮށްފައި ނުވިނަމަވެސް، އޭނާއަށް 7 ހަފްތާއާ ހަމައަށް މުބާރާތްތަކުން ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ރިއަލް މެޑްރިޑުން ޕޮލެންޑްގައި ސޫޕަރ ކަޕް މެޗުގައި ވާދަކުރާނީ 2024 ވަނަ އަހަރުގެ ޔޫރަޕާ ލީގް ވިންކުރި އަޓަލާންޓާއާ ދެކޮޅަށެވެ. މި މެޗުގައި ޕީއެސްޖީން އަލަށް ރިއަލް މެޑްރިޑަށް ބަދަލުވި ކައިލިއަން އެމްބާޕޭ ފުރަތަމަ ފަހަރަށް ރަސްމީ މެޗެއްގައި ކުޅޭނެ ކަމަށް ބެލެވެއެވެ.

ރިއަލް މެޑްރިޑުން ލަ ލީގާ ޑިފެންޑްކުރުމަށް ފުރަތަމަ މެޗު ކުޅޭނީ އޯގަސްޓް 18 ގައި ބަރުނަބިއުގައި މަޖޯކާއާ ދެކޮޅަށެވެ.         

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy