ވިއްސާރައާ ގުޅިގެން ބަލިތައް ފެތުރިދާނެތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އަލަމަސްޖިދުލް އަޤްޞާ

އިޒްރޭލުގެ ޔަހޫދީންތަކެއް މަސްޖިދުލްއަޤްޞާއަށް ވަދެގަތުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިއްޔެ ހިނގި މި ހާދިސާގައި، ޔަހޫދީންގެ އަޅުކަމުގެ ދުވަހެއް ފާހަގަކުރުމުގެ ގޮތުން އިޒްރޭލުގެ ދެ މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު މަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ގަދަކަމުން ވަދެގަތެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ މުސްލިމުންގެ މުގައްދަސް ތަނެއްގެ ހުރުމަތް ކެނޑުން ކަމަށެވެ. އަދި އިޒްރޭލުން މިފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގުމަކީ އެ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު އޮތްކަން އަލުން ހާމަކޮށް، އިޒްރޭލުގެ އުދުވާނީ ހަމަލާތައް ހުއްޓުވައި، އެ ސަރަހައްދަށް ހަމަޖެހުން ގެނެސްދިނުމަށް މަސައްކަތްކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.

އިޒްރޭލުގެ ޔަހޫދީން އަޤްޞާ މިސްކިތަށް ވަދެގަތީ އެ ގައުމުގެ ސިފައިންގެ ހިމާޔަތުގައި ކަމަށްވާއިރު، މުސްލިމުން އެތަނުގައި އަޅުކަންކުރުމަށް އިޒްރޭލުން ހުރަސްއަޅަމުންދާކަން ފާހަގަކުރެވެއެވެ.

މި ހާދިސާއަކީ އިޒްރޭލާއި ފަލަސްތީނުގެ ދެމެދުގައި އޮތް ގިނަ ދުވަސްވީ ޚިލާފުގެ އައު ބާބެއްގެ ގޮތުގައި ބެލެވޭއިރު، ބައިނަލްއަގްވާމީ މުޖުތަމަޢުގެ ސަމާލުކަން މިކަމަށް ހޯދައި، އަވަސް ހައްލެއް ހޯދުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy