މާލޭގައި އިއްޔެވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފައި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ނަޖިސް ބޭރުވުމާއި ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ބަލިތައް ފެތުރިދާނެތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވިއްސާރަވެ ފެންބޮޑުވުމާއި، ސެޕްޓިކް ޓޭންކް އޮވަރްފްލޯވެ، ނަޖިސް ބޭރުވުމާއި އަދި ވިއްސާރައިގެ ސަބަބުން ފެން ހަރުލާފައި ހުރުމުން ބައެއް ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. މީގެ ތެރޭގައި ބޭރަށް ހިންގުމާއި، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ އެކިކަހަލަ ބަލިތަކާއި، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ފަދަ ބަލިތައް ހިމެނެއެވެ.
މި ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑަށް ނޭރުމަށާއި، ޚާއްޞަކޮށް ކުޑަކުދިން ފެންގަނޑަށް އެރެ ކުޅެ ނުހެދުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ފެންގަނޑަށް އެރެން ޖެހިއްޖެ ނަމަ ވޯޓަރ ޕްރޫފް ތަކެތި ބޭނުންކުރުމަށާއި، ހަންގަނޑުގައި ފާރުގަނޑެއް ހުރިނަމަ ފެނަށް ނޭރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި، ފެނުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ގޯތި ތެރޭގައި އަދި ދަނޑުގައި ފެންބޮޑުވެފައިވާނަމަ، ހައްދާފައިވާ ގަހުގައި އެޅި ކާބޯތަކެތި ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮވުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ބުއިމަށާއި، ކެއްކުމަށް އަދި ތަށިދޮވުމަށް ކެއްކި ވާރޭފެން، ސަޕްލައި ފެން ނުވަތަ ފުޅީގައި ބަންދުކުރެވިފައިވާ ފެން ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް