އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން
އިސްރާއީލުން އީރާނުގެ ވެރިރަށް ތެހުރާނުގައި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަޙިދިކޮށްލައިފައި ވާތީވެ، އިސްރާއީލަށް އަދަބު ދިނުމުގެ ހައްގު އީރާނަށް އޮތް ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
ވެޓިކަންގެ ސެކްރެޓަރީ އޮފް ސްޓޭޓް ކާޑިނަލް ޕިއެޓްރޯ ޕަރޮލިންއާ ފޯނުން ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ހަނިއްޔާ ޝަޙީދުކޮށްލުމަކީ އިންސާނިއްޔަތާއި ގާނޫނީ ހުރިހާ އުސޫލުތަކަކާ ޚިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އިސްރާއީލަށް އަދަބު ދިނުމަކީ އީރާނުގެ ހައްގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަނިއްޔާ ޝަޙީދުކޮށްލީ ރައީސް ޕެޒެޝްކިއަންގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އީރާނަށް ޒިޔާރަތް ކުރައްވާފައި ހުންނެވިއިރު، ތެހްރާނުގައި މަޑުކުރެއްވި އިމާރާތަށް ކުރު ރާސްތާ މިސައިލެއް އަމާޒުކޮށް ދިން ހަމަލާއަކުންނެވެ. އީރާނާއި ހަމާސްއިން ބުނަނީ މިއީ އިސްރާއީލުގެ އަމަލެއް ކަމަށެވެ.
"ބައިނަލްއަގްވާމީ ހުރިހާ އުސޫލުތަކަކުންވެސް، އުދުވާނީ އަމަލެއް ހިންގި ފަރާތަކަށް އަދަބު ދިނުމުގެ ހައްގު އޮންނާނެ" ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވިއެވެ. އަދި ހުޅަނގުގެ ބައެއް ގައުމުތަކުން އިސްރާއީލަށް ދޭ އެހީތެރިކަމާއި، އިސްރާއީލުގެ ޖަރީމާތަކާ މެދު ބައިނަލްއަގްވާމީ މުޖުތަމައު ނިދާފައި އޮތުމުން އިސްރާއީލަށް އިތުރަށް ކުށް ކުރުމަށް ހިތްވަރު ލިބޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޒަޔަނިސްޓް އިސްރާއިލުން ފަލަސްޠީނުގައި މިހާރު ކުރިއަށް ގެންދާ ލާއިންސާނީ ނިރުބަވެރި ހަމލާތަކުގައި ޣައްޒާއިން ޝަހީދުވެފައިވާ މީހުންގެ އަދަދު 40,000 އާ ކައިރިވެފައިވާއިރު، 90,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް