ބިދޭސީންނާ ގުޅޭ 182 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯމް މިނިސްޓްރީން ހޯދައިފި

ހޯމް މިނިސްޓަރ އަލީ އިޙްސާން

ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 182 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯމް މިނިސްޓްރީން ހޯދައިފިއެވެ.

ހޯމް މިނިސްޓްރީން ރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބިދޭސީން ގެނެސް ވަޒީފާދީގެން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އިއްޔެއާއި ހަމައަށް  182،954،572 ރުފިޔާ ހޯދިފައިވާ ކަމަށެވެ. މި ފައިސާ ދައްކަން ފެށީ މިދިޔަ މަހުގެ 24 ގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރުމަށްފަހުގައެވެ.

ހޯމް މިނިސްޓްރީން އާންމުކުރި ލިސްޓުގައި ހިމެނެނީ ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ އިތުރުވާ މީހުންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުތަކުގައި ދައުލަތަށް ހޯދަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދާ ހުރި ކަމަށާއި އެއީ، ގާނޫނީ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިމު ކުއްޔަށް އެކަނި ވެސް ނުހޯދާ 513 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށެވެ. އަދި އެ ފައިސާ ހޯއްދަވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. މިހާރު ގިނަ އިދާރާތަކާއި ވުޒާރާތަކުން ވަނީ އެތަންތަނަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ހޯމް މިނިސްޓްރީން އިސްނަގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތް ހައްލުކުރުމަށް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ޤަވާއުދާއި ޚިލާފަށް ވިޔަފާރި ކުރަމުން ގެންދާ ބިދޭސީން ހިފާ  ހައްޔަރުކޮށް ޑީޕޯޓްކޮށްލުން ފާހަގަ ކުރެވެއެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy