އައިޖީއެމްއެޗުގެ ކުލިކްތައް މިއަދު ބަންދުވާނެ
ސަރުކާރު ބަންދުވުމާ ގުޅިގެން މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ރޭ އިއުލާނުކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު މި އިއުލާނުގައި ބުނެފައިވަނީ، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅުމާ ގުޅިގެން، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.
ނަމަވެސް އިމަޖެންސީގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 3335335 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.
މިއަދު ސަރުކާރު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ފެންބޮޑުވެފައިވާތީއެވެ. މި ހާލަތާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ކަންކަން މޮނިޓަރކޮށް އަވަސް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައި ރޭ ވަނީ ޓާސްކް ފޯހެއް ވެސް އެކުލަވާލައްވާފައެވެ.
އަދި މިކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ވެސް ވަނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލުގެ އާންމު ކްލިނިކްތައް މިއަދު ބަންދުކުރާނެ ކަމަށާއި، ނަމަވެސް އިމަޖެންސީ ޑިޕާޓްމަންޓް އާއި އެޑްމިޝަން ސަރވިސަސް އަދި ލެބޯޓްރީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް