މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގިނަ ގެތަކަށް ފެން ވަދެއްޖެ

މާލޭގައި ފެންބޮޑުވުމުން ފެންހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރި ވަނީ / ފޮޓޯ: އެމްއެންޑީއެފް

މިއަދު މެންދުރު ފަހުން ފެށިގެން މާލެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މާލޭގެ ގިނަ އަދަދެއްގެ ގެތަކަކަށް ފެން ވަދެގެން ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިހާތަނަށް 183 ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވެއެވެ. އަދި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ދަނީ ގިނަ އިދާރާތަކަކާ ގުޅިގެން ހަރަކާތްތެރިވަމުންނެވެ.

މާލޭގެ ގޭގެއަށް ފެންވަންނަމުންދާތީ އެމްއެންޑީއެފް އިން ދަނީ ގޭގޭގައި ވެލި ބަސްތާ ޖަހައިދެމުންނެވެ. އެގޮތުން، މިހާތަނަށް 48 ގެއެއްގައި ޖުމްލަ 136 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަދު މެންދުރުކުރިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި، ހިނގާބިނގާވެ އުޅުމަށާއި ދުއްވާއެއްޗެހި ދުއްވަން ދަތިވާ ވަރަށް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މަގުތަކުން ފެން ހިންދައި އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުންދާ އިރު، މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިނދެންދެން މާލޭގައި ބަރު ވެހިކަލް ވެސް ނުދުއްވަން ވަނީ އަންގާފައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ރޭގަނޑުގެ ވަގުތުތަކުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މާދަމާ ވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަވެ، ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އެހެންކަމުން، ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.

ރާއްޖެއަށް ބޯކޮށް ވިއްސާރަކުރަމުން ދިއުމާއި ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމުހޫރިއްޔާ މިހާރު ވަނީ ނިންމަވާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy