މާލޭގެ މަގުތައް ހަދާ ނިމުމުން ފެންބޮޑުވުމުގެ މައްސަލަ ހައްލުވެގެންދާނެ: ރައީސް މުއިއްޒު

މާލެއިން ފެންހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ / ފޮޓޯ:އެމްއެންޑީއެފް

މިސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢު ނިމިގެންދާއިރު މާލެއަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު މުއިއްޒު މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއަކީ މާލޭގައި ޒަމާނުއްސުރެ ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު އަންނާނެ މަޝްރޫއެއް ކަމަށެވެ. އަދި ވިއްސާރައިގައި ގެއްލުންވަމުންދާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ އިސްކަން ދީގެން މަސައްކަތް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ވިއްސާރައިގައި އާންމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރުމުގައި އެންމެންގެ އެއްބާރުލުން ލިބޭނަމަ، އެ މަސައްކަތްތަކުގެ ނަތީޖާ ނެރެވިދާނެ ކަމަށެވެ. މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިންމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

" ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ޙައްލު ލިބިގެންދާނެ." ރައީސްގެ މެސެޖު ނިންމާލައްވަމުން ވިދާޅުވެފައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަދައިން ޕޯސްޓެއް ކުރައްވާފައި މިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައާއި، އަދި ވެރިކަން ކުރާ މާލޭގައި ވަރަށް ބޮޑަށް ފެން ބޮޑުވެ އާއްމުންނަށް ވަރަށް ބޮޑުދަތި ތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ފެންހިންދުމުގެ މަސައްކަތް ކުރުމަށް ސިފައިންވަނީ މަގުތަކަށް ނިކުމެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy