އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި

މިއަދަކީ ގިނަ ކކުދިންނާއި ބެލެނެވެރިން އިންތިޒާރުކުރަމުން އައި ދުވަހެއް

މިދިޔަ މެއި އަދި ޖޫން މަހު ބޭއްވުނު ކޭމްބްރިޖް އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ. ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ދަރިވަރުންގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން އެ އިދާރާއިން ދޫކުރަމުން ގެންދާނެ އެވެ.

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ޖުމްލަ 7،501 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ޑީޕީއީ އިން ހާމަކުރި އެވެ. މި އިމްތިހާނުތައް ބޭއްވިފައިވަނީ މުޅި ރާއްޖޭގެ 256 ސެންޓަރެއްގައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 803 ދަރިވަރުންގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ 6،698 ދަރިވަރުންނެވެ.

އަދި ދިވެހި އަދި އިސްލާމް މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި މި އަހަރު 7،133 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ޑީޕީއީ އިން ބުނެފައިވެ އެވެ.

އޯލެވެލްގެ ނަތީޖާ މިއަދު ދޫކުރަން ފެށުމާ ގުޅިގެން، މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލުތަކުން އެ ތަންތަނަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy