ހއ. ކެލައަށް އިއްޔެ ބޯކޮށް ވާރޭވެހި، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ރަށަކަށް ވެއްޖެ

މިދުވަސްކޮޅު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދަނީ ބޯކޮށް ވާރޭ ވެހެމުން

ހއ. ކެލައަށް އިއްޔެ ވަރަށް ބޯކޮށް ވާރޭވެހި، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވުނު ރަށަކަށް ވެއްޖެ އެވެ. މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

މެޓް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެފައިވާ ކަމަށެވެ. އަދި އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ ހއ. ކެލާގެ އޮޓޮމެޓިކް ވެދާ ސްޓޭޝަނަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ކެލައަށް އިއްޔެ ވަނީ 231.5 މިލިމީޓަރުގެ ވާރޭވެހިފަ އެވެ. މެޓް އޮފީހުން ބުނީ މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށެވެ.

ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާ ކަމަށް އިއްޔެ ރެކޯޑް ކުރެވިފައި ވަނީ ފ. ނިލަންދު އަށެވެ. އެއީ، ގަޑިއަކު 46 މޭލަށެވެ. މިހާރު އެންމެ މޫސުން ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއާ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy