ސްކޫލުތަކަކީ ވަރަށް ބޮޑަށް ރައްކާތެރި ކުރެވިފައިވާ ތަންތަނެވެ.
މާލޭގެ ސްކޫލަކަށް ވަދެ، ދަރިވަރުން ކުރިމަތީގައި ޓީޗަރުންނަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ބެލެނިވެރިޔަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި އެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އެ ސްކޫލްގެ ކްލަސްރޫމްތަކަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާ ވަނީ ކުދިން ކުރިމަތީގައި ޓީޗަރުންނަށް ބިރުދައްކާފައެވެ. އަދި ސްކޫލްގެ މުވައްޒަފުންނާ ޒުވާބުކޮށް، ބިރުދައްކާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް މުވައްޒަފުންނަށް ބިރުދެއްކި ނަމަވެސް އެއްވެސް މީހެއްގެ ގައިގައި އަތްލާފައެއް ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ އޭނާއަކީ ބިރުދެއްކުމުގެ މައްސަލަތަކެއްގައި ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމެވެ. އަދި މި އަމަލު ހިންގާފައި ވަނީ ސްކޫލެއްގެ ތެރޭގައި ކުޑަކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެކަމަށް އެއްވެސް ފަރުވާލެއް ނުހައްޓާކަން ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
އެކަންކަމަށް ރިއާޔަތްކުރައްވައި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު އަމުރުކުރެއްވީ އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް