ބަންގްލަދޭޝްއަށް މިވަނީ ދަރިވަރުންގެ އިންގިލާބެއް އައިސްފައި: ވަގުތީ ލީޑަރ ޔޫނުސް

ބަންގްލަދެޝްގެ ވަގުތީ ލީޑަރު ޔޫނުސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު، އެ ގައުމުގައި މިހާރު ދެކެމުން މި ދަނީ ދަރިވަރުންގެ އިންގިލާބީ ބަދަލެއް ކަމަށް ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޯބެލް އިނާމު ލިބިވަޑައިގެންފައިވާ ޔޫނުސް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ "މިއީ އިންގިލާބެއް. ދަރިވަރުން ގެނައި އިންގިލާބެއް" ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ސަރުކާރު ހުއްޓުމަކަށް އައިސްފައިވާތީ، މިއީ އިންގިލާބެއްކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރުން 84 އަހަރުގެ ޔޫނުސް އެނބުރި ބަންގްލަދޭޝަށް ވަޑައިގަތީ ހަސީނާގެ ވެރިކަން ވައްޓާލުމަށް ކުރި މުޒާހަރާތަކުގެ ދަރިވަރުންގެ ލީޑަރުން، ވަގުތީ ސަރުކާރު ހިންގައިދިނުމަށް އޭނާގެ ކިބައިން އެދުމުންނެވެ. ޔޫނުސް ވިދާޅުވީ ދަރިވަރުންނަށް އިހްތިރާމް ކުރައްވާ ކަމަށާއި، ދަރިވަރުން މަސައްކަތްކުރި ގޮތް ޝައުގުވެރިކަމަށެވެ.

މީގެ ހަފުތާއެއް ކުރިން ހަސީނާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި އިންޑިއާއަށް ފުރާވަޑައިގަތް އިރު، ހަސީނާގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވާފައެވެ. މީގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ހިމެނެ އެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވީ ދަރިވަރުންގެ ލީޑަރުން އެ ބޭފުޅުން އިސްތިއުފާ ދިނުމަށް މުހުލަތެއް ދިނުމާ ގުޅިގެންނެވެ.

ނަމަވެސް، ޔޫނުސް ވިދާޅުވީ އެ ބޭފުޅުންގެ އިސްތިއުފާގެ ކަންކަން ކުރިއަށް ދިޔައީ ގާނޫނާ އެއްގޮތަށް ކަމަށެވެ. "އެ ކުދިން ބޭނުންވަނީ އާ ކޯޓެއް އެކުލަވާލަން. އެހެންވެ އެތަނަށް ގޮސް، އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވުމަށް އެދި ޕްރެޝަރުކުރީ," ދަރިވަރުންނާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ. އަދި އިތުރަށް ވިދާޅުވީ "އަޅުގަނޑަށް ޔަގީން، އެ ކުދިން މި ހުރިހާ ކަމެއް ދިފާއު ކުރެވޭނެ ގާނޫނީ މަގެއް ހޯދާނެ. ސަބަބަކީ ގާނޫނީ ގޮތުން... ހުރިހާ ފިޔަވަޅެއް ވެސް އަޅަމުން ދިޔަ" ކަމަށެވެ.

ބަންގްލާދޭޝްގެ ދަރިވަރުން މިދިޔަ މަހު މުޒާހަރާތައް ފެށީ ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ނެގުމަށް ގެންގުޅޭ އުސޫލު އުވާލުމަށް އެދި އެވެ. އެކަމަކު އެކަން ނުކޮށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލުމުގެ ތެރޭ އެތައް ދަރިވަރުންނެއް މަރުވުމާ އެކު މުޒާހަރާ މެދުކަނޑާލައި މި މަހު އަލުން ފެށީ ހަސީނާގެ ވެރިކަން ވައްޓާލަން އަމާޒު ހިފައިގެންނެވެ. ހަސީނާ އިސްތިއުފާ ދެއްވީ ދަރިވަރުންގެ މުޒާހަރާގައި އެތައް މިލިއަން ބަޔަކު ބައިވެރިވެ ހަސީނާގެ ރަސްމީ ގެކޮޅު ކައިރިއަށް ޖަމާވާން ފެށުމާ އެކުގަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy