ލިވަރޕޫލްގެ ވިންގަރ ކާވަލްހޯ
ބްރެންޓްފޯޑް އެފްސީން ލިވަރޕޫލްގެ ވިންގަރ ފާބިއޯ ކާވަލްހޯ 27.5 މިލިއަން ޕައުންޑަށް ސޮއިކޮށްފިއެވެ. މި އަގުގެ ތެރޭގައި އިތުރު ފައިސާގެ އިނާޔަތްތައް ހިމެނެއެވެ.
21 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އިތުރު އަހަރެއްގެ އޮޕްޝަނެއްވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ އާރްބީ ލައިޕްޒިގް އަދި ހަލް ސިޓީގައި ލޯނުގައި ކުޅެފައެވެ.
ލިވަރޕޫލަށް މި މުއާމަލާތުން ފުރަތަމަ 22.5 މިލިއަން ޕައުންޑް ލިބޭނެއެވެ. އަދި 17.5 އިންސައްތައިގެ ސެލް-އޮން ކްލޯޒްއެއްވެސް ލިވަރޕޫލުން ހޯދާފައިވެއެވެ. 2022 ވަނަ އަހަރު ކާވަލްހޯ ލިވަރޕޫލަށް ވިއްކި ފުލްހަމްއަށް، ބްރެންޓްފޯޑަށް ވިއްކައިގެން ލިބޭ ފައިދާގެ 20 އިންސައްތަ ލިބޭނެއެވެ.
ކާވަލްހޯއަށް ސައުތަމްޕްޓަންއިން 15 މިލިއަން ޕައުންޑްގެ އޮފަރެއް ހުށަހަޅާފައިވީ ނަމަވެސް، ލިވަރޕޫލުން އެ އޮފަރ ބަލައިނުގަތުމާ ގުޅިގެން ބްރެންޓްފޯޑުން މި ކުޅުންތެރިޔާ ސައިން ކުރުމުގައި ކާމިޔާބުވެފައިވެއެވެ. ލިވަރޕޫލްގައި ހޭދަކުރި ދުވަސްތަކުގައި ކާވަލްހޯއަށް މާބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އޭނާ ކުޅުނު 21 މެޗުގައި ޖެހީ އެންމެ ތިން ގޯލެވެ.
2023-24 ސީޒަންގެ ފެށުމުގައި އޭނާ ލައިޕްޒިގްއަށް ލޯނުގައި ދިޔަ ނަމަވެސް، ގިނަ ފަހަރު ބެންޗުން ކުޅެން ޖެހުމާ ގުޅިގެން ޑިސެމްބަރުގައި އެނބުރި އައިސް ޗެމްޕިއަންޝިޕް ކުލަބު ހަލް ސިޓީއަށް ބަދަލުވިއެވެ. ހަލްގައި އޭނާ ކުޅުނު 20 މެޗުގައި 9 ގޯލު ޖަހައި، ޕްލޭ-އޮފްސްއަށް ދިއުމަށް ކުޑަތަންވެފައިވާ ޓީމަށް މުހިންމު ދައުރެއް އަދާކުރިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް