ކޮންމެ ދުވަހަކު ފަލަސްޠީނުގެ އެތަށް ބަޔަކު ޝަޙީދުވެގެންދޭ
ޒަޔަނިސްޓް އިސްރާއީލުން ޣައްޒާގައި ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ 25 މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްޠީނު ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކާއި ހަވަލާދީ ބޭރުގެ މީޑިޔާތަކުން ބުނެފިއެވެ.
ތަފާތު ހިސާބުތަކުން އެނގޭގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 39,897 މީހުން ޝަހީދުވެ، 92,152 މީހުންނަށް އަނިޔާވެފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އާބާދީގެ 1.8 އިންސައްތަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 75 އިންސައްތައަކީ 30 އަހަރުން ދަށުގެ މީހުންނެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޣައްޒާގެ ޒުވާނުންނަށް މި ހަނގުރާމައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން އެނގެއެވެ.
ޚާން ޔޫނިސްގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ފަލަސްޠީނު ރައްޔިތުންނެއް އެ ސަރަހައްދު ދޫކޮށް ފިލަން މަޖުބޫރުވެފައިވެއެވެ. މި މީހުންނަށް ކާއެއްޗެއްސާއި ބޯފެން ނުލިބި، މަގުމަތީގައާއި ދުވާރުމަތީގައި ނިދަން ޖެހިފައިވެއެވެ. މި ހާލަތުގައި ޣައްޒާގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
މެދުއިރުމަތީގައި އަލުން ހަނގުރާމައިގެ އަލިފާން ރޯވުމުގެ ބިރު އޮތް ދަނޑިވަޅެއްގައި، ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދުގެ އެކި ރަށްތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފިކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ. މިއީ މި ހަނގުރާމަ އިތުރަށް ފުޅާވެ، ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވުމުގެ ނުރައްކާ އޮތްކަމުގެ ނިޝާނެކެވެ.
އަނެއްކޮޅުން އެމެރިކާގެ ހަގުރާމަމަތީ ޖެޓްތަކާއި އަދި ނިއުކުލިއަރ ހަތިޔާރު އުފުލާ އެންމެ ބޮޑު ސަބުމެރިންވެސް މިހާރު ދަނީ މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ.
މި ދަނޑިވަޅުގައި ހަމާސްއިން ގޮވާލާފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހަޅުއްވާފައިވާ ޕްލޭން ތަންފީޒުކުރުމަށް އެމެރިކާއާއި، ޤަޠަރުއާއި، މިޞްރުން ގޮތްތަކެއް ހުށަހެޅުމަށެވެ. އިތުރު މަޝްވަރާތަކެއް ކުރުމުގެ ބަދަލުގައި މިކަން އަވަހަށް ކުރުމަށް ހަމާސްއިން ގޮވާލައިފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން މި ހުށަހެޅުމަށް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް