ހިލޭ ޤާރީ ކުލާސްތައް ހިންގުމަށް 20 ރަށަކުން ޝައުޤުވެރިކަން ފާޅުކޮށްފި

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިސްކިތްތަކުގައި ހިލޭ ޤާރީ ކްލާސްތައް ހިންގުމަށް މިހާތަނަށް 20 ރަށަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމު މިކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއް އެވެ.

" މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޙުޅުވާލި ފުރުޞަތަކުގައި މިއަދާހަމައަށް 20 ރަށެއްގެ މިސްކިތުގައި ޤާރީ ކްލާސް ހިންގަން އެދި ހުށާހަޅާފައިވޭ.." ޝަހީމުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މިދިޔަ ޖުލައި 27 ގައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގުމަށް އެދޭ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް ފުރުޞަތު ހުޅުވާލެވުނެވެ. މީގެ ކުރިން ވަޒީރު ޝަހީމް ވަނީ މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގުމުގެ ހުއްދަ ދޭން ނިންމާފައިވާކަން ވެސް ހާމަކުރައްވާފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

މި މަސައްކަތަކީ ރާއްޖޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފެންވަރު މަތިކުރުމާއި އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ބައެއް ކަމަށް ފާހަގަކުރެވެއެވެ. މި އިސްނެގުމުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޤުރުއާން ކިޔެވުމުގެ ފުރުޞަތު އިތުރުވެ، ޤާރީންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރެވެއެވެ. 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

42 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy