ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
އަދުގެ ސަރުކާރު ހިންގުމުގެ ހުރިހާ ކަމެއްގައި ދިވެހި ޒުވާނުންނަށް ބަސް ކިޔޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އިފްތިތާޙްކުރެވުނު ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޒުވާނުންގެ ފަރާތުން ދައުލަތް ހިންގުމާއި ދައުލަތުގެ އެހެނިހެން ކަންކަން ބައްޓަންކުރުމުގައި އެމީހުންގެ ބަސް އިއްވަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަށް ލަފާދޭ ކޮމިޓީއެއް އުފެއްދީ ސަރުކާރު ހިންގުމުގައި ދިވެހި ޒުވާނުންގެ އަޑު އަހަން ބޭނުންވާތީ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައި އަދި އެމަނިކުފާނުގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި އެ ކޮމިޓީން ލަފާދެއްވޭނެ ކަމަށެވެ. އަދި މިނިވަން ޚިޔާލުގައި، ވަކި ވިސްނުމެއް ނެތި މަސައްކަތްކުރުމުގެ ފުރުޞަތު އެ ކޮމިޓީގެ މެންބަރުންނަށް އޮތްކަންވެސް ފާހަގަކުރެއްވިއެވެ.
ޤައުމުގެ އާބާދީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޒުވާނުންކަން ފާހަގަކުރައްވަމުން، ޒުވާނުންގެ ފަރާތުން ޤައުމުގެ ކަންކަމާ މެދު ބަސް އިއްވުމަކީ ލިބިގެންދާނެ ފަސޭހައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުދޭ ޔަގީންކަމަކީ މިގޮތަށް އަޅުގަނޑަށް ހުށަހަޅާ ކަންކަން އަޅުގަނޑު ބަލައިގަންނާނަމޭ. އިރާދަކުރެއްވިއްޔާ ވީވަރަކުން އެންމެ ރަނގަޅަކަށް އެކަންކަން ރާއްޖޭގައި ތަންފީޒު ކުރުމަށް ކަންކަން ފަހި ކުރާނަން" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް