އާސަންދައާއި އެންސްޕާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޙައްޤުވެރިންނަށް ފަސޭހައިން ލިބޭނެ ގޮތަށް އިޞްލާޙު ގެންނަނީ

އެންސްޕާގެ މެނޭޖިން ޑިރެކްޓަރ ހީނާ ވަލީދު

އާސަންދަ އަދި އެންސްޕާއަށް ގެނެވޭ އިޞްލާޙުތަކަކީ، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މި ބަސްފުޅު އޭނާ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން ވަނީ އެންސްޕާ އަދި އާސަންދައިގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އެންސްޕާ އަދި އާސަންދަ ނިޒާމު އިޞްލާޙުކޮށް ހަރުދަނާކުރުމަށް ކުރަމުންދާ ބައެއް މަސައްކަތްތައް ހާމަކުރައްވާފައެވެ.

މި ގޮތުން، އާސަންދަ ނިޒާމަށް ގެނެވޭ ބަދަލުތަކާއެކު، އަންނަ އޮކްޓޯބަރު މަހުން ފެށިގެން އިސްކަންދެވޭނީ އަމިއްލަ އިންޝުއަރެންސްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އެންމެ މުހިންމު އެއް މަޤްޞަދަކީ އާސަންދަ ނިޒާމަކީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚިދުމަތް ލިބޭ ނިޒާމަކަށް ހެދުން ކަމުގައި ހީނާ ވަލީދު ފާހަގަކުރެއްވިއެވެ.

"އިޞްލާޙީ މަސައްކަތުގެ ތެރެއިން، 1 އޮކްޓޯބަރު 2023 އިން ފެށިގެން ތަންފީޛުކުރަން ފަށާ ބައެއް އައު އުސޫލުތައް ވަނީ ކަނޑައެޅިފައެވެ. މީގެ ތެރޭގައި، އިތުރު ޞިއްޙީ އިންޝުއަރެންސެއް އޮންނަ ފަރާތްތަކުގެ ބިލު ކްލިއަރކުރުމުގައި، ފުރަތަމަ އެ އިންޝުއަރެންސްއިން ކްލިއަރކުރުމަށްފަހު، ބާކީ އޮންނަ ބައި އާސަންދަ އެންސްޕާގެ ތެރެއިން ކްލިއަރކުރުން ހިމެނެއެވެ. މީގެ އިތުރުން، އިޖްތިމާޢީ ރައްކާތެރިކަމުގެ އުސޫލުތަކާއި އާސަންދައިގެ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ބަދަލުތަކުގެ އިބްތިދާއީ ކަރުދާސްތައް މިހާރު ވަނީ އެކުލަވާލެވި، އަވަސް މުސްތަޤުބަލެއްގައި އިޞްލާޙުތަކާއެކު ވަޒީރުންގެ މަޖިލީހަށް ހުށަހެޅޭނެއެވެ." ހީނާ ވިދާޅުވިއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ވަރަށް މަތިވެފައިވެއެވެ. މީގެ އެންމެ ބޮޑު ބުރަ އުފުލަންޖެހެނީ އެންސްޕާއަށެވެ. މިފަދައިން ދިމާވަނީ، ރާއްޖޭގައި ކުރަންޖެހޭ ބޮޑެތި ޖަރާޙީ ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުން ނުދެވޭތީއެވެ. މި ބުރަ ލުއިވާނީ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މިފަދަ ވަސީލަތްތައް ޤާއިމުކުރެވިގެންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy