ހުޅުމާލޭގެ ދުވާރުމަތިން ގޮނޑި މޭޒު ނެގުމުގެ މަސައްކަތް ފަށައިފި

ގޮނޑި މޭޒު ނެގުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދަނީ / ފޮޓޯ:އެޗްޑީސީ

ހުޅުމާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި މޭޒު ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަސްމީކޮށް މިއަދު ފަށާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީން މިކަމާ ގުޅޭގޮތުން ދެ އިއުލާނެއް ކޮށްފައިވެއެވެ. އެގޮތުން 2023 ނޮވެމްބަރ 15 އަދި 2024 ޖުލައި 23 ގައި ކުރި އިއުލާންތަކުގައި ދުވާރު މައްޗާއި މަގުމަތީގައި ބަހައްޓާފައިވާ ގޮނޑިމޭޒު ނެގުމަށް ވަނީ އަންގާފައެވެ. މި އިއުލާންތަކުގައި ދުވާރުމައްޗާއި، މަގުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުޞޫލުން ޚިދުމަތްދިނުމަކީ މަނާކަމެއް ކަމަށް އެޗްޑީސީ އިން ވަނީ ބަޔާންކޮށްފައެވެ.

އިއުލާންގައި ދީފައިވާ ސުންގަޑިއަށް މި ތަކެތި ނުނަގައިފިނަމަ، އެޗްޑީސީން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެތަކެތި ނަގައި އެސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ވެސް އަންގާފައިވެއެވެ. އަދި މި މަސައްކަތުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އިއުލާންތަކުގައި ދީފައިވާ މުއްދަތުގައި ތަކެތި ނުނަގާ ހުރުމާ ގުޅިގެން، އެޗްޑީސީން މިހާރު ވަނީ އެތަކެތި ނެގުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތަކީ ހުޅުމާލެ އަކީ ހިތްފަސޭހަ އަދި ރީތި ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy