ބިދޭސީ މަސައްކަތު މީހުންގެ ކަންތައްތައް ހަިއްލު ކުރުމަށް މި ސަރުކާރުން ވަނީ ބޮޑު މަޝްރޫޢެއް ފަށާފައި
ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބިދޭސީ މަސައްކަތްތެރިން އިތުރުވުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ސިފަކޮށްފައި އޮތްއޮތުން އުނިކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން އިސްލާހު ހުށަހަޅައިފިއެވެ.
ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު މިހާރު ދަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ދިރާސާކުރަމުންނެވެ.
މަސައްކަތްތެރިންގެ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ އެމްޓީޔޫސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ބިލަށް އިސްލާހުތަކެއް ހުށަހަޅާފައެވެ. އެގޮތުން އެ ބިލުގެ 65 ވަނަ މާއްދާއަށް ތިން އިސްލާހެއް ހުށަހަޅާފައިވެއެވެ. އެ މާއްދާއަކީ ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކުރާ މާއްދާއެވެ.
މިހާރު މަޖިލީހުގައި އޮތް ބިލުގެ 65 ވަނަ މާއްދާގައި ވާގޮތުން ބިދޭސީން ގެނެވޭނެ އަދަދުތައް ކަނޑައަޅަންވާނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށް ފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. އަދި އެ އަދަދު ކަނޑައެޅުމުގައި ވަކި ކަންކަމަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޓީޔޫސީން ބިލަށް ހުށަހެޅި އިސްލާހުގައި ހިމެނެނީ ބިދޭސީ މަސައްކަތްތެރިން އިތުރުވުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ސިފަކޮށްފައިވާ ބައި އުނިކުރުމަށާއި، ރާއްޖޭގެ މުހިންމު ސިނާއަތްތަކަށް ކޯޓާގެ މިންގަނޑުތަކެއް ކަނޑައެޅުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަދުވެގެން %50 އިންސައްތަ ދިވެހިން ތިބެންޖެހޭ ކަމަށް ބިލުގައި ހިމެނުމަށެވެ. އަދި ބިދޭސީންގެ ކޯޓާގެ ތަފްސީލު ކޮންމެ އަހަރަކު ހަތަރު ފަހަރު އާންމުކުރުމަށް ލާޒިމުކުރުމަށްވެސް އެމްޓީޔޫސީން ހުށަހެޅި އިސްލާހުގައި ހިމަނާފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް