ގުޅިފަޅުން ގޯތި ހަވާލުކުރެވޭނީ ބްރިޖު ސައިޓް ހުސްކޮށް، ބިން ހިއްކައި ނިމުމުން: ވަޒީރު ޑރ.ހައިދަރު

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރެވޭނީ ތިލަފުށި-މާލެ ގުޅާލާ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ސަރަޙައްދު ހުސްކޮށް، ބިން ހިއްކުމުގެ މަސައްކަތް ނިމުމަށްފަހުގައި ކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޑރ. އަލީ ޙައިދަރު އިތުރަށް ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުން ކަނޑުފަޅުތަކުން ގޯތި ދޫކޮށްފައިވަނީ އެކަށީގެންވާ ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން އެ ފަޅުތައް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ގުޅިފަޅުގައި އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެތަނުން ގޯތި ދޫކުރެވޭނީ މި މަސައްކަތް ނިމުމުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވަޒީރު ވިދާޅުވެފައިވަނީ މިހާރު ތިލަފުށި-މާލެ ގުޅާލާ ބްރިޖުގެ މަސައްކަތަށް ގުޅިފަޅު ބޭނުންކުރަމުންދާއިރު، އެ ސަރަޙައްދު ހުސްކުރެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބަށް ކަމަށެވެ.

ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ، ގުޅިފަޅުން ބިން ދޫކުރުމަށް މި ސަރުކާރުން އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭނުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ކަމަށެވެ. އަދި މި ޕްލޭން ފާސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ދޫކުރުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވެފައިވަނީ، އެ ސަރަހައްދުން ބިން ދޫކޮށްފައި ހުރީ އެކިއެކި މަސައްކަތްތަކަށް ސާމާނު ބަހައްޓާފައިވާ ސައިޓުތަކާއި މަގުތަކުން ކަމަށެވެ. މީގެ އިތުރުން، ބައެއް ކަރަންޓު ފޮށިތައް ގޯތިތެރެއަށް ވާގޮތަށްވެސް ހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މައްސަލަތައް ހައްލުކުރުމަށްފަހު، 1407 ގޯތިން 623 ގޯތި މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދެވަނަ ފިޔަވަހިން ދޭންޖެހޭ ހުރިހާ ގޯއްޗެއް ހަވާލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ތިންވަނަ ފިޔަވަހިން 699 ގޯތި ދޫކޮށްފައިވަނީ ފަޅުން ކަމަށާއި، މިއީ ޒިންމާދާރު ސަރުކާރަކުން ޢަމަލުކުރާނެ ގޮތެއް ނޫން ކަމަށެވެ. "ރައީސް ބޭނުންފުޅުވަނީ ޒިންމާދާރުކަމާއެކު ގޯތި ދޫކުރުމަށް. އެހެންކަމުން، ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ 699 ފަރާތަށްވެސް މި ސަރުކާރުން ގޯތި ހަވާލުކުރާނީ ބިން ހިއްކުމަށްފަހު، އެއްގަމުންނެވެ. ތިންވަނަ ފިޔަވަހި ހިއްކައި ގޯތި ހަވާލުކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެމްބަރު މަހު ހާތަނުގައެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy