ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މުސްތަޤުބަލެއް ބިނާކުރެވޭނީ ޤައުމީ ތަރައްޤީގެ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށެވެ.
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިޖުތިމާޢީ މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ޕޯސްޓެއް ކުރެއްވިއެވެ. މި ޕޯސްޓުގައި އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، ޤައުމުގެ ކޮންމެ ދާއިރާއެއްގައިވެސް ޒުވާނުންގެ އެއްބާރުލުމާއި ޙިއްޞާ އިތުރުކުރުމަކީ ޤައުމީ ކުރިއެރުމަށް މުހިންމު ކަމެއް ކަމުގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސް މުޢިއްޒުގެ ވެރިކަމުގައި ޒުވާނުން ބާރުވެރިކުރުވުމުގެ އައު ދައުރެއް ފެށިފައިވެއެވެ. މީގެ އިތުރުން، ސަރުކާރުން މިހާތަނަށް ނިންމާފައިވާ ކޮންމެ ނިންމުމެއްގައިވެސް ޒުވާނުންނަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވިފައިވާކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ. މި ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދެވެމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.
މި ސަރުކާރުން ވަނީ ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ކައުންސިލް" އުފެއްދުމަށް ނިންމަވާފައެވެ. މި ކައުންސިލްގެ މަޤްޞަދަކީ ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޚިޔާލުތަކާއި ހުށަހެޅުންތައް ހާމަކުރުމަށް މަގުފަހިކޮށްދިނުމެވެ.
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހަކީ އެކްވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) އިން ކޮންމެ އަހަރެއްގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާ ގުޅުންހުރި އެކިއެކި މައްސަލަތަކާ ބެހޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ 2000 ވަނަ އަހަރުއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް