ރާއްޖޭގެ ބޮޑި ބަޔަކަށްވަނީ ރީދޫ ސަމާލު ނެރެފައި
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިއަދު އިތުރަށް ގަދަވެ، ދެކުނުގެ ދެ އަތޮޅު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ މަރުކަޒުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މިދިޔަ ހަފްތާގައި މޫސުމާބެހޭ ޤައުމީ މަރުކަޒުން ވަނީ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް އަންގާފައެވެ. އެހެންނަމަވެސް އިއްޔެ ބަނަކޮށްލުމަށްފަހު ވިއްސާރަ ކުރަން ފަށާފައިވަނީ މިއަދުއެވެ. މިގޮތުން ބައެއް ސަރަހައްދުތަކަށް ރޭ ދަންވަރުން ފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭ ވެހެމުންދާކަމަށް ވެއެވެ.
މޫސުމާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހެނދުނު 5:30 އިން ފެށިގެން 9:00 އާ ހަމައަށް ޔެލޯ އެލާޓް ދެމިއޮންނާނެއެވެ. މި މުއްދަތުގައި ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެއެވެ. ޚާއްޞަކޮށް އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވެ، މި ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 5-7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.
މި ނުރައްކާތެރި މޫސުމުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް