ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަހުރެއިނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައި

ހާރިޖީ ވަޒީރު މޫސާ ޒަމީރު

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަހުރެއިނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައި ފިއެވެ.

ދަތުރުފުޅަކީ ބަހުރެއިނުގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަޠީފް ބިން ރަޝީދު އަލް ޒަޔާނީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިމަހުގެ 11 އިން 15 އޯގަސްޓަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި ވަޒީރު ޒަމީރު ބަހުރެއިނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން މުރާޖަޢާކުރައްވައި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާނެއެވެ. މިއަހަރަކީ ދިވެހިރާއްޖެއާއި ބަހުރެއިނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 44 އަހަރު ފުރޭ އަހަރެވެ.

މީގެ އިތުރުން، ވަޒީރު ޒަމީރު ބަހުރެއިނު ސަރުކާރުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ. މީގެ ތެރޭގައި މާލިއްޔާ އަދި ޤައުމީ އިޤްތިޞާދުގެ ވަޒީރު، ތެލާއި ތިމާވެށީގެ ވަޒީރު އަދި ފަތުރުވެރިކަމުގެ ވަޒީރާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ވަޒީރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަޞީރު، ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ޙާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި އެސިސްޓަންޓް ޑިރެކްޓަރ މިޒްނާ ވަޙީދު ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy