ރާއްޖެ-އިންޑިއާ ގުޅުން މިހާރު އޮތީ އެންމެ ހަރުދަނާ ހިސާބުގައި: ޚާރިޖީ ވަޒީރު

ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަދެކެވެމުންދިޔަ ނަމަވެސް، މިހާރު މި ދެ ޤައުމުގެ ގުޅުން ވަނީ އެންމެ ރަނގަޅު ހިސާބުގައި ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މި ބަސްފުޅު އެ މަނިކުފާނު ދެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރުގެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ވަނީ ނިމުމަކަށް ގެންނަވާފައެވެ. މި ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ތަފާތު މުހިންމު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ފާއިތުވި މުއްދަތުގައި ހިނގައިދިޔަ މުހިންމު ދަތުރުފުޅުތަކެއްގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ހަރުދަނާވެފައެވެ. މި ދަތުރުފުޅުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި، ޚާރިޖީ ވަޒީރުގެ އަމިއްލަ ދަތުރުފުޅު، އަދި އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ހިމެނެއެވެ.

ވަޒީރު މޫސާ ޒަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އަލުން އެކުލަވާލެވުނު ހިނދު، އިންޑިއާގެ ޚާރިޖީ ވަޒީރު ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު އަމާޒުކުރެއްވީ ދިވެހިރާއްޖެއަށެވެ. މިކަމަކީ ދެ ޤައުމުގެ ގުޅުމުގެ ބާރުކަން ދައްކުވައިދޭ މުހިންމު ކަމެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފަރާތްޕުޅުން ލިބިވަޑައިގަތް މުހިންމު މެސެޖެއްގެ ވާހަކަ ދައްކަވަމުން، ޚާރިޖީ ވަޒީރު ވިދާޅުވީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއާއެކު ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ.

" ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، މިއީ ދެ ޤައުމުގެ ގުޅުން އެންމެ ރަނގަޅަށް އޮތް ދުވަސްވަރެވެ. އިރާދަކުރެއްވިއްޔާ މި ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށްޓަކައި ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަމެވެ. “ ޙާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރެވިފައިވާ ބަދަހި ގުޅުމުގެ އެދެވޭ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި އިންޑިއާގެ އިތުރުން އެހެނިހެން ޤައުމުތަކާއެކުވެސް ގުޅުން ހަރުދަނާކޮށް، ރައްޔިތުންނަށް މަންފާކުރަނިވި ގޮތަކަށް ކަންކަން ރޭވެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީ ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ ސިޔާސަތުތަކެއް ކަމުގައިވެސް ވަޒީރު މޫސާ ޒަމީރު އިތުރަށް ހާމަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ދުވަސްވީ، ތާރީޚީ ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ހުރިހާ ސަރުކާރަކާއެކުވެސް އިންޑިއާއިން މަސައްކަތްކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރީގެ ސަރުކާރުތަކުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް މުރާޖަޢާކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ލޯނުތައް އަލުން ރޭވި، ޕްރޮޖެކްޓުތައް އަވަސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގައި އިންޑިއާގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައި، އެކަމާ ހިތްހަމަޖެހޭކަމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy