ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.
މިދިޔަ ހުކުރު ދުވަހު ރާއްޖެ ވަޑައިގެންނެވި ޖައިޝަންކަރު ފުރާވަޑައިގަތީ އައްޑޫގައި އިންޑިއާގެ ލޯނުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ނިމިފައިވާ ދެ މަޝްރޫއު ދިވެހި ސަރުކާރާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އައްޑުއަށް ވަޑައިގަތުމަށް ފަހު އެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވި އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު ވެސް ޖައިޝަންކަރު މަޝްވަރާތައް ކުރިއަށް ގެންދެވި އެވެ.
ރާއްޖެ އާއި އިންޑިއާގެ ވިޔަފާރި ގުޅުންތައް ހަރުދަނާ ކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މަޝްވަރާ ކުރެއްވުމުގެ އިތުރުން ޖައިޝަންކަރުގެ ޝަރަފުގައި ފޮރިން މިނިސްޓަރު ޒަމީރު ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ދަތުރުފުޅުގެ ތެރޭގައި ސަރުކާރުގެ 5 މިލިއަން ގަސް ޕްރޮގުރާމަށް އެއްބާރުލުން ދެއްވުމަށް މާލޭ ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދެވުމާއި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖު ސައިޓަށް ވަޑައިގެން، މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވި އެވެ. އަދި އިންޑިއާގެ އެހީގައި ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކެއް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް