ފްލެޓް އިވެލުއޭޝަން ކޮމެޓީގައި މާލެ ސިޓީ ކައުންސިލްގެ ދައުރު ހިމެނޭނެ: ރައީސް މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ މާލެސިޓީކައުންސިލަށް ވަޑައިގެންނެވުން / ފޮޓޯ:މިހާރު

ފްލެޓް ލިސްޓު އިވެލުއޭޓް ކުރާ ކޮމެޓީގައި މާލެ ސިޓީ ކައުންސިލްގެ ދައުރު ހިމެނޭނެކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި، މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިޙު ވަނީ ފްލެޓް އިވެލުއޭޝަން ޕްރޮސެސްގައި ސިޓީ ކައުންސިލްގެ ތަމްސީލު ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މިކަމުން އިވެލުއޭޝަން ޕްރޮސެސްގެ ހާމަކަން ކަށަވަރުކުރެވި، ސަރުކާރަށާއި ރައްޔިތުންނަށް ފައިދާވާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި، އެހެންކަމުން ސަރުކާރުގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދެނީ މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އަދި މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކުރެވޭނީ މާލެ ސިޓީ ކައުންސިލްގެ ދައުރު އޮވެގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިން އިޢުލާންކޮށްފައިވާ ފްލެޓް ލިސްޓު އިވެލުއޭޓްކުރުމުގެ މަރުޙަލާގައި ކައުންސިލްގެ ބައިވެރިވުން އޮންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

އިވެލުއޭޝަން މަސައްކަތްތައް އަދިވެސް ނުނިމޭކަން ހައުސިންގ މިނިސްޓްރީން ދާދި ފަހުން ހާމަކޮށްފައިވާކަން ފާހަގަކުރައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި މަސައްކަތްތައް ނިމިގެންދާނީ ކައުންސިލްގެ ދައުރެއް އޮވެގެން ކަމަށެވެ. މިއީ ފްލެޓް އިވެލުއޭޝަން ޕްރޮސެސްގެ ހާމަކަމާއި އިންސާފުވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މި ނިންމުމަކީ މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކުރުމުގައި ސިޓީ ކައުންސިލްގެ ދައުރު ފުޅާކޮށް، ފްލެޓް ދޫކުރުމުގެ ޕްރޮސެސް އިތުރަށް ހާމަކަން ބޮޑުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ފްލެޓް އިވެލުއޭޝަން މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

 

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy