މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުން ބިމު އަޑީގެ ނެޓްވޯކްތައް ތަރުތީބުކުރެވޭނެ: ރައީސް މުޢިއްޒު

މާލޭގެ މަގުތައް ރަނގަޅުފެންވަރަކަށް ހެދުމަކީ މާލޭ ރައްޔިތުންގެ ބޮޑު އުންމީދެއް

މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބިމު އަޑީގައި ހުރި ފެނާއި ނަރުދަމާ އަދި އެހެނިހެން ނެޓްވޯކްތައް ތަރުތީބުކުރެވި، މުސްތަޤުބަލުގައި މަގުތައް އަލުން ރޫޅާލަންޖެހޭ ހާލަތްތައް މަދުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

"ފެނާއި ނަރުދަމާއާއި ކަރަންޓާއި އެކި ކަހަލަ ސަރވިސް ކޭބަލްތައް، ނެޓްވޯކް އައު ކުރެވި ނޫނީ ތަރުތީބުކުރެވިގެން، މަގުތައް ހަދާ ނިމުމުން އަލުން ރޫޅަން ޖެހޭ މިންވަރު މަދުވާނެ ގޮތަކަށް، ޑީވޯޓަރިން ނިޒާމް، ފަޔާ ހައިޑްރަންޓު ނިޒާމް މަގުތައް ހެދިގެންދާނެ ވަރަށް ގިނަ ހައްލުތަކާއެކު،" ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މާލޭގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތައް ހެދުމަކީ ސަރުކާރުން ކުރިއަށްގެންދާނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީގައި ކަމަށް ފާހަގަކުރައްވައި، މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުމަށް އަމާޒުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ރައީސް މުޢިއްޒު މިއަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މި މަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ.

މާލޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ ރައީސް މުޢިއްޒު، ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުއެވެ. އޭރު އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން މާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓަރމިނަލްއާ ހަމައަށް ވަނީ ތާރު އަޅާފައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި ބޮޑުތަކުރުފާނު މަގުގެ އިތުރު ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެއް ނުވެއެވެ.

މިހާރު މި މަޝްރޫޢުގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. މިއީ މާލޭގެ މަގުތަކުގެ އިތުރުން ވިލިމާލޭގެ މަގުތައްވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދެވޭ ފުޅާ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން މާލެ ސިޓީގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރު ފަސޭހަވުމުގެ އިތުރުން ޢުމްރާނީ ގޮތުން މާލެ ސިޓީ އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy