މާލީ ކުންފުނިތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އަދި މާލީ ކުންފުނިތަކުގެ ބޯޑުތަކުގައި ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތައް އައްޔަންކުރެވޭގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓްކޮށްފައިވާ އިޞްލާޙަކުންނެވެ.

މި އިޞްލާޙާ އެކު، ކެބިނެޓް މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތައް ފިޔަވައި އެހެން ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އަދި މާލީ ޚިދުމަތްދޭ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރެވޭނެއެވެ.

މީގެ ކުރިން، މި ކުންފުނިތަކުގެ ބޯޑުތަކުގައި ނުތިބެވޭނެ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ވެރިންގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކާއި ޤާނޫނުތަކުން ބާރު ލިބިގެން އުފައްދާފައިވާ މުއައްސަސާތަކުގެ ވެރިން ހިމެނެއެވެ.

މިއީ  އެމްއެމްއޭގެ އައު ގަވަރުނަރު އަޙްމަދު މުނައްވަރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމްއެމްއޭ އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ބަދަލުކުރުމުގެ ބޭނުމުގައި ގެނެސްފައިވާ ބަދަލެކެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy