ރައީސް ޑރ މުޢިއްޒު އިންޑިޔާގެ އެކްޓާނަލް އެފެއާރޒް މިނިސްޓަރާއެކު
ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހީންގެ ރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ގައުމާއި ރައްޔިތުންގެ ހައްގުގައި ތިޔަކުރައްވާ މަސައްކަތްޕުޅަށާއި ތިޔަ ދައްކަވާ ސާބިތުކަމަށް އައްސަރިބަހާ ސާބަސް ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. އެ ގުޅުން ވަރުގަދަވެ، އިންޑިއާ އިން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކި ގޮތް ގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރުގައި ވެސް އެ ގުޅުން ވަރަށް ވަރުގަދަ ކަމާ އެކީގައި އޮތެވެ.
އެކަމަކު، މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިސްކޮށް ތިއްބަވައި އިންޑިއާއަށާއި މޯދީ އަށް ފުރައްސާރަކޮށް، ބަދު ބަސް ވިދާޅުވި މައްސަލައިގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެ މައްސަލައިގައި އެ ޑެޕިއުޓީ މިނިސްޓަރުންނަށް ފިޔަވަޅު ވެސް އެޅިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް