މެންޗެސްޓާ ސިޓީއިން 7 ވަނަ ފަހަރަށް ކޮމިޔުނިޓީ ޝީލްޑް އުފުލާލުން
ފަހުވަގުތު އެއްވަރުކޮށް ޕެނަލްޓީން މޮޅުވެ، ސިޓީން އެފްއޭ ކޮމިއުނިޓީ ޝީލްޑް އުފުލާ ލައިފިއެވެ.
މެންޗެސްޓާރ ސިޓީން ޝީލްޑް ކާމިޔާބު ކޮށްފައިވަނީ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު ކޮމިޔުނިޓީ ޝީލްޑްމެޗުގައި މެންޗެސްޓަރ ޔުނައިޓެޑާ ކުރިމަތިލައި، ޕެނަލްޓީ ޝޫޓްއައުޓްގައި 7-6 އިން މޮޅުވެގެންނެވެ.
ރޭގެ މެޗުގެ ބޮޑުބައި ގޮސްފައި ވަނީ ދެ ޓީމުކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަމަވެސް 82 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އަލެހަންޑްރޯ ގާނާޗޯ ލަނޑެއް ޖަހައި ލީޑު ނެގިއެވެ. އެހެންނަމަވެސް މެޗު ނިމުމާ ކައިރިވެފައި ވަނިކޮށް، 89 ވަނަ މިނެޓުގައި ސިޓީގެ ބެނާޑޯ ސިލްވާ ވަނީ ލިބުނު ހަނި ފުރުސަތެއްގައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ
ޕެނަލްޓީ ޝޫޓް އައުޓުގައި ސިޓީގެ ފުރަތަމަ ޕެނަލްޓީ ބެނާޑޯ ސިލްވާ ފޮނުވާލުމުން ކީޕަރު އަންޑްރޭ އޮނާނާ ދިފާއުކުރިއެވެ. ނަމަވެސް އޭގެފަހުން ކެވިން ޑީބްރޭނާ، އާލިން ހާލަންޑް، ސަވީނިއޯ، ކީޕަރު އެޑަސަން މޯރެސް، މެތިއުސް ނޫނޭޒް، ރުބެން ޑިއާޒް އަދި މެނުއެލް އަކަންޖީ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ.
ޔުނައިޓެޑަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒް، ޑިއޯގޯ ޑަލޮޓް، އަލްހެންޑްރޯ ގާނާޗޯ، ކާލޯސް ކަސެމީރޯ، ސްކޮޓް މެކްޓޮމިނޭ އަދި ލިސަންޑްރޯ މާޓިނޭޒްއެވެ. ނާކާމިޔާބުވީ، ޖޭޑަން ސަންޗޯ ފޮނުވާލި އެޓީމުގެ ހަތަރުވަނަ ޕެނަލްޓީ އާއި ޖޯނީ އީވަންސް ފޮނުވާލި ފަހު ޕެނަލްޓީއެވެ.
މިއީ ސިޓީން އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. އެންމެ ފަހުން މި ޝީލްޑް އެ ޓީމަށް ލިބިފައިވަނީ 2019 ވަނަ އަހަރުއެވެ. މިފަހަރުގެ ކާމިޔާބީއާއެކު، ވޭތުވެދިޔަ ތިން އަހަރު މި މުބާރާތުގައި ދިމާވި ނާކާމިޔާބީތަކަށް ސިޓީން ނިމުމެއް ގެނެސްފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް