އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ތިލަމާލެ ބްރިޖު ބައްލަވައިލައްވައިފި

ޖައިޝަންކަރު ތިލަމާލެ ބުރިޖު ބައްލަވަލެއްވުމުގެ ތެރެއިން / ފޮޓޯ:އެކްސް

އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ބައްލަވައިލައްވައިފިއެވެ.

މި ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އެޅެމުންދާ ބްރިޖެކެވެ. މިއީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި މަޝްރޫޢެކެވެ. ޖައިޝަންކަރު ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ސަބަބުން ރަށްތަކުގެ ގުޅުން ބަދަހިވެ، އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި ލޯނަކުން ހިންގާ މި މަޝްރޫޢު އެފްކޮންސްއާ ހަވާލުކޮށްފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. 6.7 ކިލޯމީޓަރުގެ މި ބްރިޖުގެ މަސައްކަތް ނިންމުމަށް މިހާރު ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގެ ތެރޭގައި މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ. އެ ދަތުރުފުޅުގައި އައްޑޫގައި އެފްކޮންސްއިން ނިންމާފައިވާ، ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ގުޅުވާލާ ބްރިޖު ރަސްމީކޮށް ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި މިއަދުވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވާ ރަސްމީ ވާހަކަފުޅުތައްވެސް ބާއްވަވާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy