ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންސީ ހެދުމުގެ މަސައްކަތް ފަށައިފި

ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ފެށުނު ހަރަކާތުގެ ތެރެއިން / ފޮޓޯ:ޕީއެންސީ

ރާއްޖޭގެ ސަރުކާރު ހިންގާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އިން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވުމަށްޓަކައި މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕީއެންސީ އޮތީ ތިންވަނަ ޕާޓީގެ ގޮތުގައެވެ. އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ 50،980 މެންބަރުންނާއެކު އިދިކޮޅު އެމްޑީޕީ އެވެ. ދެވަނައިގައި އޮތީ 34،827 މެންބަރުންނާއެކު ޕީޕީއެމް އެވެ. ޕީއެންސީގައި މިހާރު ތިބީ 28،704 މެންބަރުންނެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވި ގޮތުގައި މި ހަރަކާތް ރަސްމީކޮށް މުޅި ރާއްޖޭގައި ފަށާފައިވަނީ މި މަހުއެވެ. މި ހަރަކާތުގެ މަޤްޞަދަކީ ޕީއެންސީއަށް ވަނުމަށް ޝައުޤުވެރިވާ މީހުންނާއި ވަންނަން ބޭނުންވެ ނުވަދެވި ތިބި މީހުން ޕާޓީއަށް ވެއްދުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީ މީގެ ކުރިން ޕީޕީއެމްގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓުން ވާދަކުރީ ޕީއެންސީން އެކަންޏެވެ. އެ އިންތިޚާބުގައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީން ހޯދިއެވެ. މި އަހަރު ނިމުމުގެ ކުރިން ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ހައްދަވާނެ ކަމަށް ޕީއެންސީގެ ލީޑަރު، ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޕީއެންސީން މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް ފަށާފައިވާއިރު ޕީޕީއެމް ކޯލިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމު ވެސް ވަނީ ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

42 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy