ކަރެކްޝަންސްގެ 13 އޮފިސަރުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

އޮފިސަރުންގެ ތެރެއިން ފުލުހުން މިއަދު ވަނަވަރު އާއްމުކުރި ބައެއް މީހުން. / ފޮޓޯ :ޕޮލިސް

ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ފޯރުކޮށްދިނުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ކަރެކްޝަންސްގެ 13 އޮފިސަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، މި 13 އޮފިސަރުންގެ ތަޙުޤީޤުތައް ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިއަދުއެވެ.

މިދިޔަ ޖޫން މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި، ކަރެކްޝަންސްގެ ދަށް ލެވެލްގެ 18 އޮފިސަރެއްގެ އެކައުންޓަށް ޝައްކުކުރެވޭ 73 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މި ފައިސާ ޖަމާކޮށްފައިވަނީ ޖަލުގައި ތިބި ގައިދީންނާއި އެ މީހުންނާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކުންނެވެ.

މި މައްސަލައިގައި ޝާމިލުވާ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައި، މިހާތަނަށް ކަރެކްޝަންސްގެ 13 އޮފިސަރަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާކޮށްދޭން ޕީޖީ އޮފީހަށް ފޮނުވައި ފުލުހުން ވަނީ އެ އޮފިސަރުންގެ ވަނަވަރު ވެސް އާއްމުކޮށްފަ އެވެ.

ދައުވާކުރަން ފޮނުވި 13 އޮފިސަރުން

ފ. ނިލަންދޫ، ހަވޭލި، މާޒިން ހަމީދު، 22

ރ. އުނގޫފާރު، އައިވަރީ ހައުސް، ޖިނާހް އަބްދުއްރަހީމް، 29

ގއ. ވިލިނގިލީ، ކުއްޅަވަށްގެ، މުހައްމަދު ފަތޫހް، ފަތުހުﷲ، 24

ކ، މާފުށި ބީޗްހައުސް، އަލީ ހިޝާމް، 33

ގ. އިވްނިންސްޓާ، މުހައްމަދު ނަބްހާން، 30

މ. މޭދާ، މުހައްމަދު ނަބީލް އިބްރާހީމް، 21

ހދ.ނޭކުރެންދޫ، ތަރާނާ، އަލީ ނާޒިމް، 36

ކ. މާފުށި، މާވިނަ، ޒަޔާން އަހްމަދު، 23

ރ. މީދޫ، ހިޖާޒް، ޔާމީން ހުސެއިން 23

ށ. ފޯކައިދޫ، ފަހާގެ، އަހްމަދު ޝަމާލް، 24

ށ. ފޯކައިދޫ، ދަނބުމާގެ، މުހައްމަދު ރިމާޒް، 29

ނ. ލަންދޫ، ކާމިނީގެ، އަލީ އަޝްފާގު، 32

ކ. ކާށިދޫ، ބިންމަތީގެ، އަހްމަދު އަނޫފް، 27

މި މައްސަލައިގެ އޮޕަރޭޝަންތައް ފުލުހުން ފެށީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މިހާތަނަށް ބެލިބެލުމުން މި މައްސަލައިގައި ހިމެނޭ ހަ މީހަކު މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި، ޔުނީފޯމު އެޅި އެއްވެސް އޮފިސަރަކު އޭނާގެ މަޤާމުގެ ނުފޫޒާއި ލިބިފައިވާ އިމްތިޔާޒުތަކުގެ ބޭނުންކޮށްގެން ފައިސާ ނަގައި ފައިސާއަށްޓަކައި އެ މީހާގެ ޔުނީފޯމު ވިއްކާލައިފި ނަމަ، އެފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅުއްވާނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

49 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy