ސްޕެއިން އަދި ފްރާންސް ކުޅުނު މެޗުގެ ތެރެއިން
ޕެރިސްގައި ކުރިއަށްދާ އޮލިމްޕިކްސް މެންސް ފުޓްބޯޅައިގަ ފޯރިގަދަ ކުޅުމަކަށްފަހު 3-5 ގެ ނަތީޖާއަކުން ފްރާންސް ބަލިކުރުމަށްފަހު ސްޕެއިން އިން ރަން މެޑަލް ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ ފްރާންސް ޓީމުގެ ފަރާތުންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މިލޮޓްއެވެ. ފްރާންސްގެ ގޯލަށްފަހު ސްޕެއިން ޓީމުގެ ކުޅުން ވަރުގަދަކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން 3 ގޯލު ކާމިޔާބުކުރިއެވެ. ފުރަތަމަ ދެ ގޯލުވެސް ޖަހައިދިނީ މުބާރާތުގައި ސްޕެއިންއަށް މޮޅު ކުޅުމެއް ދެއްކި ފާރމިން ލޯޕެޒްއެވެ. ތިންވަނަ ގޯލު ކާމިޔަބުކޮށްދިނީ އަލެހާންޑްރޯ ބައޭނާ އެވެ.
ދެވަނަ ހާފު ފަށައި ފްރާންސްގެ ކޯޗު ތިއަރީ އޮންރީ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސް ސްޕެއިން ފަހަތަށް ޖައްސާލައިފައެވެ. ނަތީޖާއެއްގެ ގޮތުން 79 ވަނަ މިނެޓުގައި އަކިޔޫޝްގެ ގޯލާއިއެކު ފްރާންސް އަށް އުއްމީދު އާވެގެންދިޔައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ލިބުނު އިތުރު ވަގުތުގައި ފްރާންސް އަަށް ލިބުނު ޕެނަލްޓީ މަޓެޓާ ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ.
މެޗުގެ އިތުރު ވަގުތު ފަށައި ސްޕެއިން އިން ވަނީ ފްރާންސްގެ މައްޗަށް އަނެއްކާވެސް ކުރި ހޯދައިފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ސާރޖެއޯ ކަމޭލޯ ޕެރެޒްއެވެ. ކަމޭލޯ ވަނީ މެޗު ނިމެން ގާތްވެފައި ވަނިކޮށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ފްރާންސްގެ އުއްމީދުތައް ފުނޑުކޮށްލާފައެވެ. ސްޕެއިން އާއި ފްރާންސް އިން ޔޫރޯ 2024 ގެ ސެމީ ފައިނަލުގައި ކުޅުނު މެޗުވެސް ސްޕެއިން އިން ވަނީ 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް