ޝީލްޑް މެޗު ފަސޭހައިން ނުނަގާނެކަމަށް ގާޑިއޯލާ ބުނެފި

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު، މި މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އެންމެ ފަހުން ތިން ފަހަރު ވެސް ސިޓީ ވަނީ ޝީލްޑް މެޗުން ބަލިވެފައެވެ. މިއީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ސިޓީން ޝީލްޑް މެޗަށް ނުކުންނަ ފަހަރެވެ.

ގާޑިއޯލާ ބުނީ، މިއީ ފައިނަލެއް ކަމަށާއި މޮޅުވާން ބޭނުންވާ ކަމަށެވެ. "މި މެޗު މުހިންމު. މިއީ ފައިނަލެއް. އަހަރެމެން ފަސޭހަނުކުރާނަން،" ގާޑިއޯލާ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ، ޝީލްޑް މެޗަކީ ވެސް ޓްރޮފީއަކަށް ކުޅޭ ފައިނަލަކަށްވާތީ، އޭނާ ޓީމު ތައްޔާރުކުރަނީ ވެސް އެ ވިސްނުމުގައި ކަމަށެވެ. "ވާދަވެރިކޮށް ކުޅެ، މި ތަށި ހޯދޭނެ ޓީމެއް އަހަރެން ސެޓުކުރާނީ. މި ކާމިޔާބުކުރަން ބޭނުން،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން މި މެޗަށް ނުކުންނައިރު އަނިޔާގެ މައްސަލަތައް ބޮޑެވެ. އަލަށް ގެނައި ޑިފެންޑަރު ލެނީ ޔޯރޯ އާއި ފޯވާޑް ރަސްމުސް ހޮއިލުންޑް ކުޅުމާ ދުރުގައި ތިބޭނެއެވެ.

ޔުނައިޓެޑަކީ އެންމެ ގިނަ ފަހަރު ޝީލްޑް ކާމިޔާބުކުރި ޓީމެވެ. އެ ޓީމުން ވަނީ 21 ފަހަރު ޝީލްޑް އުފުލާލައިފައެވެ.

ޝީލްޑް މެޗުގައި ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރުއެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy