ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް އިންޑިއާއާއެކު ފަހުމުނާމާއެއް ގާއިމުކޮށްފި

ރާއްޖޭގައި އިންޑިއާގެ ޔޫޕީއައިގެ ހިދުމަތް ދިނުމަށްޓަކައި އެމްއޯޔޫ ބަދަލު ކުރުމުގެ ތެރެއިން

ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ ބައިނަލްއަގުވާމީ ވިޔަފާރިއާބެހޭ ކުންފުނި، އެންއައިޕީއައި އިންޓަރނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާއެކު ރާއްޖޭން ފަހުމުނާމާއެއް ގާއިމުކޮށްފިއެވެ.

މިރޭ ޚާރިޖީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދެ ގައުމުގެ ދެމެދުގައި މި ފަހުމުނާމާ ބަދަލުކުރެވުނެވެ. އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވުޒާރާ އާއި އެންއައިޕީއެލްއާ ދެމެދު ބަދަލުކުރެވުނު މި ފަހުމުނާމާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކްރިއޭޓަރ އިކޮނޮމީގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމާއި އީ-ކޮމަރސްގެ ދާއިރާ ތަރައްގީ ކުރުމާއި، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކޮށް މާލީބާޒާރު އިތުރަށް ފުޅާ ކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މި ފަހުމުނާމާގެ ދަށުން ޑިޖިޓަލް ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާފޮނުވުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ ގާއިމުކުރެވޭނެއެވެ. އަދި މާލީ ބާޒާރުގައި ބައިވެރިވުން ކުޑަ ފަރާތްތަކަށް ޚިދުމަތްތައް ތައާރަފުކުރުމާއި އިގްތިސާދީ މަސައްކަތްތަކަށް މަގުފަހިކޮށް އިގްތިސާދު ކުރިއެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފަސޭހަކަމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅުން އިތުރުކުރުމާއި އަލަށް ތައާރަފުވަމުން އަންނަ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސްގެ ނިޒާމުތައް އެންމެ އެދެވޭގޮތުގައި ބޭނުންހިފުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ރާއްޖޭގެ މާލީ ޚިދުމަތްދޭ ފަރާތްތަކަށް ފޯރުކޮށްދިނުމަކީވެސް މި ފަހުމުނާމާގެ ބޭނުމެއްކަން އިޤްތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ އިތުރުން ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީން ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނެންސްއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާވެސް ވަނީ އައުކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސްގެ އިތުރު 1000 މުވައްޒަފުން ތަމްރީން ކުރުމަށް ވަނީ ނިންމާފައެވެ. ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއާއެކު ފަހުމުނާމާއެއްގައި އެންމެ ފުރަތަމަ ސޮއިކުރީ 2019 ވަނަ އަހަރުއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy