ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރޭ

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އަންނަ އާދީއްތަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެތީ ސަމާލުވުމަށެވެ.

މެޓު އޮފީހުން މައުލޫމާތު ދިންގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ގަދަވާނެ ކަމަށް ބުނެފައިވެއެވެ.

މި މުއްދަތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40-45 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ." މެޓު އޮފީހުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މެޓު އޮފީހުން ވަނީ ކަނޑުދަތުރުކުރުމުގައި ވެސް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އެދިފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުފަހަރަށް ގެއްލުން ލިބުމާއި، ކަނޑުމަތީގައި ހާދިސާތައް ހިނގުމުގެ ފުރުސަތު އޮތްކަމަށް މެޓު އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންނަށް މެޓު އޮފީހުން އިލްތިމާސްކޮށްފައިވަނީ، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ބަލަމުން ގެންދިއުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށެވެ. އަދި ކުއްލި ހާލަތެއްގައި ގުޅަންޖެހޭ ނަންބަރުތައް އަބަދުވެސް ފަސޭހައިން ލިބޭނެހެން ބެހެއްޓުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

54 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy