މޮރޮކޯއިން އޮލިމްޕިކްސްގެ ފުޓްބޯޅައިން ފުރަތަމަ މެޑަލް ހޯދައިފި

މޮރޮކޯގެ ފޯވާޑް ސުފިއާން ރަހީމީ

މޮރޮކޯއިން އެ ޤައުމުގެ  އޮލިމްޕިކްސްގެތާރީޙްގައި ފުޓްބޯޅައިން ފުރަތަމަ ފަހަރަށް މެޑަލް ހޯދައިފި އެވެ.

ފުޓްބޯޅަ އިވެންޓުން ތިންވަނަ ހޯދުމަށް ކުޅުނު މެޗުގައި މިސްރާއި ބައްދަލުކޮށް މޮރޮކޯއިން ލޯމެޑެލް ހޯދީ 6-0 ގެ ނަތީޖާއަކުން މިސްރު ބަލިކޮށްގެންނެވެ.

ރޭ ކުޅުވުނު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު މޮރޮކޯ އިން ދެ ގޯލުގެ ލީޑެއް ނަގާފައިވެ އެވެ. މި ދެ ގޯލު ޖެހީ އަބްދޭ އެޒަލްޒޫލީ އާއި ސުފިއާން ރަހީމީ އެވެ. ދެވަނަ ހާފުގައި ރަހީމީ އިތުރު ގޯލެއް ޖެހި އެވެ. އަދި ބިލާލް އަލް ޚަނޫސް އާއި އަކްރަމް ނަޤާޝް ވެސް ގޯލު ޖަހައިފައިވެ އެވެ. މެޗުގެ އެންމެ ފަހު ގޯލު ޖެހީ ކެޕްޓަން އަޝްރަފް ހަކީމީ އެވެ. އެއީ މެޗު ނިމެނިކޮށް ލިބުނު ހިލޭ ޖެހުމަކުންނެވެ.

މި މެޗުގައި މޮރޮކޯގެ ފޯވާޑް ސުފިއާން ރަހީމީ ކާމިޔާބުކުރި ދެ ގޯލާއިއެކު މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ގޯލު ޖެހުމުގެ ޝަރަފް ރަހީމީ ވަނީ ހޯދައިފައެވެ. އަދި އޭނާ ވަނީ މުޅި މުބާރާތުގައި ޖުމްލަ އަށް ގޯލު ޖަހައި، މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނަ ހޯދައިފަ އެވެ.

އުމުރުން 28 އަހަރުގެ ރަހީމީ އަކީ މޮރޮކޯގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ އުމުރުން ދޮށީ ތިން ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާ މިހާރު ކުޅެމުންދަނީ ޔޫއޭއީގެ އަލް އައިން ކްލަބަށެވެ.

މި ކާމިޔާބީއާ އެކު މޮރޮކޯއިން ވަނީ އޮލިމްޕިކްސްގެ ފުޓްބޯޅައިން ފުރަތަމަ ފަހަރަށް މެޑަލް ހޯދުމުގެ ޝަރަފު ހޯދައިފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

8 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy